news photo

ހަޤީގީ ބާރުވެރިކަން އަންހެނުންނައް ލިބޭނީ އިގްތިސާދިގޮތުން ކަނބަލުން ބާރުވެރިކޮށްގެން: މިނިސްޓަރ އާދަމް ޝަރީފް

08 މާރިޗު 2024

ހަޤީގީ ބާރުވެރިކަން އަންހެނުންނައް ލިބޭނީ އިގްތިސާދިގޮތުން އަންހެން ކަނބަލުން ބާރުވެރިކޮށްގެން ކަމަށް ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާއްމު މަސައްކަތްތަކާއި ބެހޭ ވަޒީރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެންވިދާޅުވީ ބައިނަލްއަގްވާމީ އަންހެނުންގެ ދުވަހުގެ މުނާސަބަތުގައި އަންހެންކަބަލުންނައް ފޮނުއްވި ތަހްނިޔާގެ މެސެއްޖެގައެވެ.

އެމެސެޖުގައި އިތުރައް އެމަނިކުފާނު ވިދާޅުވި އަންހެން ކަނބަލުން ބާރުވެރިކުރުމައް އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކަށް ބާރުދިނުމައްޓަކައި ގާނޫނަށް ބަދަލުގެނެސް ހަގީގީ މާނަގައިވެސް އަންހެނުން ބާރުވެރިކުރުމައް ފަހިފުރުސަތު ފަހިކޮށްދެންޖެހޭ ކަމުގައެވެ.

"އުއްމީދަކީ ޤާނޫނައް އިސްލާހުގެނެސް އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތައް މާލީ ތަނަވަސްކަން އިތުރުކުރުވުން" މިނިސްޓަރ ވިދާޅުވިއެވެ.

ކޮންމެއަހަރެއްގެވެސް ބައިނަލް އަގްވާމީ ގޮތުން ފާހަގަކުރާ އަންހެނުންގެ ދުވަސް ފާހަގަކުރަނި މާރޗް މަހުގެ އަށްވަނަ ދުވަހުއެވެ.