news photo

ފުވައްމުލައް ސިޓީ ކައުންސިލްގެ "އަފުން އަޑޮ" ޕޯޓަލް އިފްތިތާޙް ކޮށްދެއްވައިފި

28 މާރިޗު 2024

ފުވައްމުލައް ސިޓީ ކައުންސިލްގެ "އަފުން އަޑޮ" ޕޯޓަލް މިނިސްޓަރ އާދަމް ޝަރީފު އުމަރު އިފްތިތާޙް ކޮށްދެއްވައިފިއެވެ. މިޕޯޓަލް އިފްތިތާޙްކޮށްދެއްވީ މިކަމަށް ހާއްސަކޮށް ފުވައްމުލައް ސިޓީ ކައުންސިލް އިދާރާގައި ބޭއްވިގެންދިޔަ ރަސްމިއްޔާތެއްގައެވެ.

މިރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މިނިސްޓަރ އާދަމް ޝަރީފު އުމަރު ވަނީ ފުވައްމުލައް ސިޓީއަކީ އައި.ސީ.ޓީ ދާއިރާގައި ވަރަށް ފުންނާބުއުސް ބޭފުޅުން އުޅުވާ އުޅުއްވާ ރަށެއްކަން ފާހަގަ ކުރައްވާފައެވެ.

މީގެއިތުރުން ފުވައްމުލައް ސިޓީ ކައުންސިލް އިން މިކުރެއްވި މަސައްކަތުން ވަރަށް ގިބަ ބޭނުންތަކެއް ހާސިލް ކުރެވެގިންދާނެކަމާއި, ކައުންސިލް ހިންގުމާއި ކައުންސިލުން އިންތިޒާމްކުރާ ހަރަކާތްތަކުގައި ރައްޔިތުންގެ ހިއްސާ އިތުރުކުރެވެގިންދާނެކަން ވަޒީރު ފާހަގަކުރައްވާފައިވޭ.

އަދި މިޕޯޓަލް އިތުރަށް ފުޅާކޮށް އިތުރު ހިދުމަތްތަކެއް ހޯދޭނެގޮތައް ޕޯޓަލް ތަރައްޤީކުރަމުން ގެންދެވުމަށްވެސް ވަޒީރު ލަފާދެއްވާފައިވެއެވެ.