28 މާރިޗު 2024
ސިޓީތަކާއި އަތޮޅުތަކުގައި ޕާސްޕޯޓް ލިބޭނެ އިންތިޒާމް ހަމަޖެއްސުމާ ގުޅޭގޮތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރ އާދަމް ޝަރީފް އުމަރު ވިދާޅުވީ ސިޓީތަކާއި އަތޮޅުތަކުގައި ޕާސްޕޯޓް ހެއްދޭނެ އިންތިޒާމް ރައީސްގެ އިރުޝާދާއެކު ކުރިއަށްގެންދަވާކަމަށެވެ.
ފިޔަވަހިތަކަކަށް ބަހާލައިގެން ފުޅާ ކުރަމުންދާ މިހިދުމަތަށް މިހާރުވެސް ބައެއް އަތޮޅު ކައުންސިލް އަދި ސިޓީތަކުން ޝައުގުވެރިކަން ފާޅުކޮށްފައިވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ. މިކަމުގެ ސަބަބުން އަތޮޅު ކައުންސިލްތަކާއި ސިޓީތަށް ވަރަށް ބޮޑަށް ބާރުވެރިވެގެންދާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭޝަން މުޙައްމަދު ޝަމްއާން ވަހީދު ވިދާޅުވީ ޕާސްޕޯޓް ނަގަން މާލެ އަންނަން ޖެހުމަކީ ބޮޑު ހަރަދެއް ހިންގާކަމެއްކަން ފާހަގަކުރައްވާފައެވެ. ޕާސްޕޯޓް ހެދުމަށް ހިނގާ ހަރަދަށްވުރެ ޕާސްޕޯޓް ނެގުމަށް ހިނގާ ހަރަދު ބޮޑުކަމަށެވެ. މިގޮތުން މާލެ އައިސް ޕާސްޕޯޓް ނެގުމަށް ގާތްގަނޑަކަށް 5000 އާއި 6000 އާއި ދެމެދުގެ އަދަދެއް ހަރަދު ކުރާ ކަމަށެވެ.