28 މާރިޗު 2024
މިތަކެތި ހަދިޔާ ކުރައްވާފައިވަނީ ޗައިނާއިން ރާއްޖެއަށް ކަނޑައަޅުއްވާފައިވާ ސަފީރު ހާރ އެކްސެލެންސީ ވެންގް ލީޒިން ބައިވެރިވެ ވަޑައިގެން, މިކަމަށް ބޭއްވުނު ޚާއްސަ ހަފްލާއެއްގައެވެ. މިމިނިސްޓްރީގެ ފަރާތުން ވެހިކަލްތަކާއި ހަވާލުވެވަޑައިގެންފައިވަނީ މިވުޒާރާގެ ވަޒީރު އާދަމް ޝަރީފު އުމަރުއެވެ.
މިހަފްލާގައި ވާހަކަފުޅުދައްކަވަމުން, މިއަދު މިހަދިޔާކުރެވުނު ވެހިކަލްތަކަކީ ދިވެހިރާއްޖޭގެ ތަރައްޤީއަށް ޗައިނާ ސަރުކާރުން ދެއްވާ އަހަމިއްޔަތުކަމާއި ދިވެހިރައްޔިތުންނާއި ބަހައްޓަވާ ގާތްކަން ދޭހަވެގެންދާ އަލިގަދަ ހެއްކެއް ކަމުގައިކަން ވަޒީރު ފާހަގަ ކޮށްފައިވެއެވެ.
މީގެ އިތުރުން ހަދިޔާކުރެވިގެން މިދިޔަ ވެހިކަލްތަކުގެ ސަބަބުން ކައުންސިލްތަކަށް ރައްޔިތުންނަށް ހިދުމަތް ދިނުމުގައި އިތުރު އެހީތެރިކަމެއް ލިބިގެން ދާނެކަން ވަޒީރު ފާހަގަ ކުރައްވާފައިވެއެވެ. އަދި ޗައިނާ ސަރުކާރުން ދިވެހިރައްޔިތުންނަށް މިދެއްވި ދީލަތި އެހީއަށް މުޅިވުޒާރާގެ ނަމުގައި ވަޒީރު ވަނީ ޗައިނާގެ ސަރުކާރަށް ޝުކުރު އަދާކުރައްވާފައެވެ.