news photo

ފެން އަރުވާ ވަޑާމުގެ މަސައްކަތް ކުރިޔަށްދާ ގޮތް މިނިސްޓަރ އާދަމް ޝަރީފް އުމަރު ބައްލަވާލައްވައިފި

03 އޭޕްރީލު 2024

މިނިސްޓަރ އާދަމް ޝަރީފް އުމަރު މިއަދު ވަނީ ޖުމްހޫރީ މައިދާން ފެން އަރުވާ ވަޑާމުގެ މަސައްކަތް ކުރިޔަށްދާގޮތް ބައްލަވާލައްވާފައެވެ.

މިމަސައްކަތަކީ ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒުގެ ޚާއްސަ އެދިވަޑައިގަތުމަކަށް މިމިނިސްޓްރީ އާއި އެމް.ޓީ.ސީ.ސީގެ ސީއެސް އާރުގެ ދަށުން ކުރިޔަށް ގެންދެވޭ މަސައްކަތެކެވެ.

މިސަރަހައްދުވަނީ ގިނަ ދުވަސްތަކަކަށް މެއިންޓެއިން ނުކުރެވުމުގެ ސަބަނުން ބޭނުން ނުކުރެވޭވަރަށް ހަލާކުވެ ވީރާނާވެފައެވެ. މަރާމާތަށްފަހު މިސަރަހައްދު ފިޡުރު އީދަށް އަލުން ހުޅުވުމުގެ މަސައްކަތް މިހާރު ދަނީ ބާރައް ކުރެވެމުންނެވެ.

ޖުމްހޫރީ މައިދާނުގެ ފެންއަރުވާވަޑާމަކީ ކުރީގެ ރައީސް ޔާމީންގެ ވެރިކަމުގައި އޭރުގެ ހައުސިން މިނިސްޓަރ އަދި އަދުގެ ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުއިއްޒުގެ ބެއްލެވުމުގެ ދަށުން ރާއްޖޭގެ މިނިވަންކަމަށް 50 އަހަރު ފުރުމުގެ މުނާސަބަތުގައި ހިންގި ހަރަކާތްތަކާއި ގުޅުވައިގެން