news photo

ޢީދު ފާހަގަކުރުމަށް ސިޓީތަކާއި އަތޮޅުވެރިކަންކުރާ ރަށްތައް ދިއްލައި ޒީނަތްތެރިކުރުމުގެ ބޮޑު ހަރަކާތް މުޅި ރާއްޖޭގައި ކުރިޔަށް ދަނީ

04 އޭޕްރީލު 2024

ރާއްޖޭގައި ޢީދު ފާހަގަކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވެވަޑައިގަތް ވައުދުފުޅާއި އެއްގޮތައް ރާއްޖޭގެ ހުރިހާ ސިޓީތަކާއި އަތޮޅު ވެރިކަން ކުރާ ރަށްތައް ދިއްލުމުގެ މަސައްކަތް މި މިނިސްޓްރީ އާއި ކައުންސިލްތައް އަދި ސަރުކާރުގެ ބައެއް ކުންފުނިތައް ގުޅުގެން ދަނީ ކުރެވެމުންނެވެ. މިހަރަކާތުގެ ތެރޭގައި އީދަށް ރަށްތައް ޒީނަތްތެރި ކުރުމުގައި އިސްލާމީވަންތަކަން ދައްކުވައިދޭ ލައިޓްތައް ހަރުކުރުމުގެ އިތުރުން ތަކްބީރުގެ އަޑު އިއްވުމަށް ރަށުތެރޭގައި ސްޕީކަރު ހަރުކުރުން ހިމެނެއެވެ. މިގޮތުން ރަށްރަށުގެ ބޮޑެތި މަގުތަކުގައި އީދަށް ހާއްސަ ކުލަބޮކި ލުމާއި މަގުމަތީގައި ގިޑިގެ ހެދުމުގެ މަސައްކަތް ބާރު ސްޕީޑުގައި ކުރިއަށްދެއެވެ. ގިނަ ރަށްރަށުގައި މަސައްކަތުގެ ބޮޑުބައި ވަނީ މިހާރު ނިމިފައެވެ. އަތޮޅު ތެރޭގައި މިމަސައްކަތުގައި ކައުންސިލުގެ އިތުރުން ފެނަކަ އާއި ސްޓެލްކޯގެ ބައިވެރި ވުމާއެކު ކުރިއަށް ދާއިރު ސިޓީތަކުގައި ސިޓީ ކައުންސިލު ތަކުން މިމަސައްކަތުގައި ވަރަށް ބޮޑު ދައުރެއް ދަނީ އަދާކުރަމުންނެވެ.