news photo

"ޢީދު އަލި" މިރޭ ރައީސުލްޖުމްހޫރިއްޔާ އިފްތިތާޙް ކުރައްވަނީ!

08 އޭޕްރީލު 2023

ރާއްޖޭގައި ޢީދު ފާހަގަކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވެވަޑައިގަތް ވައުދުފުޅާއި އެއްގޮތަށް އީދުގެ މުނާސަބަތުގައި ރާއްޖޭގެ ހުރިހާ ސިޓީތަކާއި އަތޮޅުވެރިކަން ކުރާ ރަށްތައް ދިއްލުމަށް ހިންގޭ "ޢީދު އަލި" ހަރަކާތް މިރޭ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިފްތިތާޙް ކޮށްދެއްވާނެއެވެ.

މިހަރަކާތް ބޭއްވުމަށް ހަމަޖެހިފައިވަނީ މިރޭ 9:30 ގައި ޖުމްހޫރީ މައިދާނުގައި ބޭއްވޭ ރަސްމިއްޔާތުގައެވެ. އަދި އެވަގުތު ރާއްޖޭގެ ހުރިހާ ސިޓީތަކާއި އަތޮޅު ވެރިކަން ކުރާ ރަށްތަކުގައިވެސް ޢީދު އަލި ދިއްލުމަށް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން ގިނަ ދުވަސްތަކަކަށް މެއިންޓެއިން ނުކުރެވި ހަލާކުވެ ވީރާނާވެފައިވާ ޖުމްހޫރީ މައިދާނުގެ ފެން އަރުވާ ފައްވާރާ ވެސް މަރާމާތަށްފަހު އަލުން އިފްތިތާޙް ކުރުން މިރޭ އޮންނާނެއެވެ.

މިރަސްމިއްޔާތަކީ އާންމުނަށް ހުޅުވާލެވިގެން ކުރިޔަށް ގެންދެވޭ ހަރަކާތަކަށް ވުމުން ދިވެހި އެންމެހާ ލޮބުވެތި ރައްޔިތުން, އާއިލާ އާއިއެކު މިހަރަކާތުގައި ބައިވެރިވެވަޑާއިގެން ދެއްވުމަށް އެދި މިވުޒާރާގެ ވަޒީރު އާދަމް ޝަރީފު އުމަރު ދަޢުވަތު އަރުވައެވެ