news photo

ދިވެހިންގެ އުފާވެރިކަން ވަޒަންކުރުމަށް ހެޕިނަސް އިންޑެކުސްއެއް ކަނޑައެޅުމަށް ނިންމާފައިވާ ކަމަށް ވަޒީރު އާދަމް ޝަރީފް ޢުމަރު ވިދާޅުވެއްޖެ.

02 މޭ 2024

ދިވެހިންގެ އުފާވެރިކަން ހުރި މިންވަރު ވަޒަންކުރުމުގެ މަސައްކަތް ފެއްޓެވުމަށް ހެޕިނަސް އިންޑެކުސްއެއް ކަނޑައެޅުމަށް ނިންމާފައިވާ ކަމުގައި ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާއިބެހޭ ވަޒީރު އާދަމް ޝަރީފް ޢުމަރު ވިދާޅުވެއްޖެއެވެ.

ވަޒީރު އާދަމް ޝަރީފް ޢުމަރު ވިދާޅުވީ އެހެން ޤައުމުތަކެކޭ އެއްގޮތަށް ރާއްޖެ ވެސް ތަރައްޤީވަމުން އަންނަ އިރު ދިވެހިން ބޭނުންވާ އުފާވެރިކަމާއި، އުންމީދުކުރާ ކަންކަމާއި އަދި ރަށްރަށުގެ ޙާލަތު ދެނެގަނެވޭނެ ގޮތްތަކެއް ހުރުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއް ކަމުގައެވެ.

"ސަރުކާރުންވަނީ މާނަ ހުރި ގޮތެއްގައި ރާއްޖޭގައި ހެޕިނެސް އިންޑެކްސް ކަނޑައެޅުމަށް ޓަކައި ޚާއްޞަ މަސައްކަތްތަކެއް ފަށައިގެން ކުރިއަށް ގެންދިއުމަށް ނިންމާފައި. މިއީ ރަށްރަށުގެ ރައްޔިތުންގެ އުފާވެރިކަން މިންކުރާނެ ގޮތެއް ދެނެގަތުމަށް ޓަކައި ކުރާ މަސައްކަތެއް" ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ އިތުރަށް ވިދާޅުވީ މި މަސައްކަތް ކުރިއަށް ގެންދަވައި އިރު ފުޅާ ދާއިރާއެއްގައި ރާއްޖޭގެ ގިނަ ބަޔަކާ މަޝްވަރާކުރެވިގެން އެކުލަވައިލައި އޮނިގަނޑެއްގެ ތެރެއިން ރަށްރަށުގެ ޙާލަތު ރަނގަޅަށް އެނގޭނެ ގޮތަކަށް ތައްޔާރުކުރެވޭ ފްރޭމްވޯރކެއްގެ ތެރެއިން ރަނގަޅު ނަތީޖާ ހޯދާ ރަށްތަކަށް އެވޯރޑް ދެވޭނެ އިންތިޒާމެއް ހަމަޖައްސަވާނެ ކަމުގައެވެ.