09 މޭ 2024
ސަރުކާރުގެ ކުންފުނިތައް ބަނގުރޫޓުވަމުންދަނިކޮށް ޙާލަތު ރަނގަޅުކޮށްދިނީ މި ސަރުކާރުން ކަމުގައި ވަޒީރު އާދަމް ޝަރީފް ޢުމަރު ވިދާޅުވީ, މޯލްޑިވިއަން ފްލީޓަށް އިތުރު އޭ.ޓީ.އާރު މަތިންދުއްވާ ބޯޓެއް ގެނައުން ފާހަގަކުރުމަށް 2024 މެއި 8 ވަނަ ދުވަހު ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ.
ވަޒީރުގެ ވާހަކަފުޅުގައި މި ސަރުކާރު ފެށުނުއިރު އައިލެންޑް އޭވިއޭޝަން ފަދައިން ސަރުކާރުގެ ބައެއް ކުންފުނިތައް އޮތީ ބަނގުރޫޓުވެފައި ކަމަށް ވިދާލުވިއެވެ. ނަމަވެސް ސަރުކާރު ފެށުނު އިރު ދަށްކޮށް އޮތް ރާއްޖޭގެ އިޤްތިޞާދީ ޙާލަތު މުޢިއްޒުގެ ދުވެލީގައި މިއަދު ކުރިއަރަން ފަށައިފައިވާ ކަމަށް ވެސް ވިދާޅުވިއެވެ
.މި ރަސްމިއްޔާތުގައި އައިލެންޑް އޭވިއޭޝަންގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ
.