news photo

ވާރޭވެހ ފެންބޮަޑުވާ ކޮންމެ ދުވަހަކު އެތައް ގެއްލުންތަކެއް ލިބި އެތައް ތަކުލީފެއް މާލޭ ރައްޔިތުން އުފުލަމަންދާ ކަމުގައި ވަޒީރު ވިދާޅުވެއްޖެ

10 މޭ 2024

މާލެއަށް ވާރޭވެހި ފެންބޮޑުވާ ކޮންމެ ދުވަހަކު އެތައް ގެއްލުންތަކެއް ލިބި އެތައް ތަކުލީފެއް މާލޭ ރައްޔިތުން އުފުލަމުން އަންނަ ކަމުގައި ވަޒީރު އާދަމް ޝަރީފް ޢުމަރު ވިދާޅުވީ މާލޭގައި ފެންބޮޑުވާ މައްސަލަ ޙައްލުކުރުމުގެ މަޝްރޫޢު ފެށުމަށްޓަކައި ވެސްޓްޕާކު ސަރަޙައްދުގައި 2024 މެއި 9 ވަނަ ދުވަހު ބޭއްވި ޚާއްޞަ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަމުންނެވެ.

މާލޭގެ މަގުތަކުގައި ފެންބޮޑުވާ ކޮންމެ ފަހަރަކު ފެންހިންދުމުގެ މަސައްކަތުގައި ސިފައިންނާއެކު އެތައް ފަރާތްތަކަކުން އަންނަނީ ބައިވެރިވެ މަސައްކަތްކުރަމުންނެވެ. އެއިން ކޮންމެ ފަހަރަކު ރައްޔިތުންގެ ހުރި ކަންބޮޑުވުންތަކުގެ އަޑު ސަރުކާރުން އައްސަވާކަމަށާ އަދި ރައްޔިތުންނަށް ވަގުތީ ބޯހިޔާވަހިކަން ވެސް ފޯރުކޮށްދެއްވަމުންދާ ކަމަށް ވަޒީރު ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި ޑިފެންސް މިނިސްޓަރ މުޙައްމަދު ޣައްސާން މައުމޫނާއި, ކޮންސްޓްެރަކްޝަން އެންޑް އިންފްރާންސް ޓްރަކްޗަރ މިނިސްޓަރ ޑޮކްޓަރ ޢަބްދުﷲ މުއްޠަލިބް ވެސް ވާހަކަފުޅުދެއްކެވިއެވެ.

މާލޭގައި ފެންބޮޑުވާ މައްސަލަ ޙައްލުވެގެން ދިޔުމަކީ މާލޭގެ ރައްޔިތުންނަށާ އަދި މާލެއާ މާލޭ ސަރަޙައްދުގައި ދިރިއުޅޭ އެތައް ބަޔަކަށް އޭގެ ފައިދާއާ ހިތްހަމަޖެހުން ލިބިގެންދާނެ ކަމެކެވެ.

މާލޭގައި ފެންބޮޑުވާ މައްސަލަ ޙައްލުކުރުމަށް މި ފެށުނު މަޝްރޫޢުގައި މިނިސްޓްރީ އޮފް ޑިފެންސާއި, މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން އެންޑް އިންފްރާންސްޓްރަކްޗަރއާއި މި ވުޒާރާ ބައިވެރިވެއެވެ.