news photo

މުއާޞަލާތާއި ގުޅޭ ސިޔާސަތުތައް އެކުލަވައިލެއްވުމާއި ގުޅޭ މަޝްވަރާ ބައްދަލުވުމެއް ބާއްވައިފި

15 މޭ 2024

މުއާޞަލާތާއި ގުޅޭ ސިޔާސަތުތައް އެކުލަވައިލެއްވުމަށް ބޭއްވި މި މަޝްވަރާ ބައްދަލުވުން އިފްތިތާޙްކޮށްދެއްވީ ސިޓީސް ލޯކަލް ގަވަރމެންޓް އެންޑް ޕަބްލިކްވާރކްސް މިނިސްޓަރ އާދަމް ޝަރީފް ޢުމަރެވެ.

މިރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވާ މިނިސްޓަރ ދެއްކެވި ވާހަކަފުޅުގައި، ވިދާޅުވީ މި ބައްދަލުވުމަކީ މިނިސްޓްރީގެ މެންޑޭޓް ތެރޭގައި ހިމެނޭ ރާއްޖޭގެ މުއާޞަލާތީ ޚިދުމަތްތައް ކުރިއަށްވުރެ ފުރިހަމަކޮށް ޒަމާނަށް އަންނަ ބަދަލުތަކާއެކު، އުޞޫލުތައް އިތުރަށް ފުރިހަމަކުރުމަށް ކޮމިނިއުކޭޝަން އޮތޯރިޓީ އޮފް މޯލްޑިވްސް(ކެމް)އާއި އަދި ރާއްޖޭގެ މުއާޞަލާތީ ޚިދުމަތް ދެމުންގެންދާ އެކިއެކި ފަރާތްތަކާއެކު މަޝްވަރާކޮށް ބޭނުންވާ އުޞޫލުތަކާއި ޤަވާޢިދުތައް ފުރިަހަމަ ކުރެއްވުމުގެ ބައްދަލުވުމެއް ކަމުގައެވެ.

ސްޓެލްކޯ މާލަމުގައި 2024 މެއި 14 ވަނަ ދުވަހު ބޭއްވުނު މި މަޝްވަރާ ބައްދަލުވުމުގައި "ކޭމް"ގެ އިތުރުން "ދިރާގް"އާއި، "އުރިދޫ"އާއި، "އާރް.އޯ،އެލް"އާއި "ސެޓްލިންކު"އާއި، "އެން.ސީ.އައި.ޓީ" އަދި މި ދާއިރާގެ ފަންނުވެރި ބައެއް މާހިރުން ބައިވެރިވެލެއްވިއެވެ.