news photo

ޢީރާނުގެ ވެރި ރަށް ތެހެރާނަށް ވަޒީރު އާދަމް ޝަރީފް ޢުމަރު ވަޑައިގެންފި

22 މޭ 2024

ޢީރާނުގެ ރައީސާއި، ޚާރިޖީ ވަޒީރު ފަސްދާނުލެއްވުމަށް ބާއްވާ ޚާއްޞަ ރަސްމިއްޔާތުގައި، ރައީސުލްޖުމްހޫރިއްޔާގެ ޚާއްޞަ މަންދޫބެއްގެ ޙައިޞިއްޔަތުން ބައިވެރިވެ ވަޑައިގަތުމަށާއި، ޢީރާނުގެ ސަރުކާރާއި ރައްޔިތުންނަށް ތައުޒިޔާ ދެންނެވުމަށް ވަޒީރު އާދަމް ޝަރީފް ޢުމަރު ޢީރާނުގެ ވެރި ރަށް ތެހެރާނަށް ވަޑައިގެންފިއެވެ.

ޢިރާނުގެ ރައީސް އިބްރާހީމް ރައިސީއާއި، ޚާރިޖީ ވަޒީރު ޙުސައިން އަމީރު ޢަބްދުﷲ ހައިން ދަތުރުކުރެއްވި ހެލިކޮޕިޓަރު ވެއްޓުނީ އެ ޤައުމުގެ އުތުރުގައި އޮންނަ އަޒަރުބައިޖާނުގައި އޮތް ޑޭމް ޕްރޮޖެކްޓެއް އިފްތިތާޙުކުރެއްވުމަށް ފަހު އެނބުރި ވަޑައިގެންނެވި މަގުމަތީގއައެވެ.

ރައިސީއާއި، ޚަރިޖީ ވަޒީރުގެ އިތުރުން އެ ހެލިކޮޕިޓަރުން ދަތުރުކުރެއްވެވި އުތުރު އަޒަރުބައިޖާނު ޕްރޮވިންސްގެ ގަވަރުނަރު މާލިކް ރަހުމަތީއާއި، އަދި ތަބްރީޒުގެ އިމާމު މުޙައްމަދު ޢަލީ އަލްހާޝިމް ވެސް ވަނީ އަވަހަރާވެފައެވެ.

ޢީރާނުގެ ރައީސް އަވަހާރަވުމާ ގުޅިގެން ދިވެހި ދިދަ 3 ދުވަހަށް، ބައި ދަނޑިއަށް ތިރިކުރުމުގެ އިތުރުން ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އިއްޔެ ވަނީ ޢީރާނުގެ އިންތިޤާލީ ރައީސް މުޙައްމަދު މުޚްބަރަށް ތައުޒިޔާގެ މެސެޖެއް ވެސް ފޮނުއްވައިފައެވެ.

ވަޒީރުގެ މި ދަތުރުފުޅު ނިންމަވައި، މާލެ ވަޑައިގަތުމަށް ހަމަޖެހިފައި ވަނީ 2024 މެއި 25ވާ ހޮނިހިރު ދުވަހެވެ.