30 މޭ 2024
އެ މަނިކުފާނު މިހެން ވިދާޅުވީ މިނިސްޓްރީގެ ފަރާތުން މިމަހުގެ 29 އިން 30 އަށް ސްޓެލްކޯގެ ޓްރޭނިންގ ރޫމުގައި ކުރިއަަށް ގެންދިޔަ މަސައްކަތު ބައްދަލުވުން ނިންމުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ. މީގެ އިތުރުން އެ މަނިކުފާނު ވިދާޅުވީ ކުރިއަށް އޮތް ތަނުގައި ވެސް މި ފަދަ ބައްދަލުވުންތައް ބާއްވާނެކަމަށާއި، އަދި އަތޮޅުތެރޭގެ ޕަބްލިކް ވާރކްސްގެ މުއައްޒަފުންނާއެކު ކޮންމެ މަހަކު ދެ ފަހަރު ޓެލެކޮންފަރެންސް ބާއްވާ، އެ ތަންތަނުގެ ޙާލަތު ވަޒަން ކުރައްވާނެ ކަމަށެވެ.
ދެ ދުވަހުގެ މުއްދަތަށް ކުރިޔަށް ދިޔަ މި މަސައްކަތު ބައްދަލުވުމުގެ ނިންމުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ، މާލީ ވަޒީރު ޑޮކްޓަރ މުޙައްމަދު ޝަފީޤް ވެސް ވާހަކަފުޅު ދެއްކެވިއެވެ. އެ މަނިކުފާނުގެ ވާހަކަފުޅުގައި ވަޒީރު އާދަމް ޝަރީފު ޢުމަރު ރާއްޖޭގެ އެކި އަތޮޅުތަކަށް ދަތުރުފުޅުކުރައްވާ ވުޒާރާއާ ގުޅުން ހުރި ދާއިރާތަކުގެ މަސައްކަތްތައް ގާތުން ބައްލަވައި، ކަންތައްތައް ހަރުދަނާކުރައްވައި، ދުވެލި ބާރުކުރެއްވުމަށް ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅަށް ވަޒީރަށް ޝުކުރުދެންނެވިއެވެ. އަދި މަސައްކަތު ބައްދަލުވުމުން ލިބިގެން ދިޔަ މަޢުލޫމާތުގެ އަލީގައި ޕަބްލިކް ވަރކްސްގެ ޚިދުމަތްތައް އަތޮޅުތެރޭގައި މިހައިރަށް ވުރެ ރަނގަޅު ކޮށްދެއްވުމަށް ބައިވެރިންގެ ކިބައިން މާލީ ވަޒީރު އެދިވަޑައިގެންނެވިއެވެ.