news photo

ބ. އަތޮޅުގެ ބައެއް ރަށްތަކަށް ކުރައްވާ ރަސްމީ ދަތުރުފުޅެއް ވަޒީރު ފައްޓަވައިފި

08 ޖޫން 2024

ބ. އަތޮޅުގެ ބައެއް ރަށްތަކަށް ކުރައްވާ ރަސްމީ ދަތުރުފުޅެއް ވަޒީރު އާދަމް ޝަރީފު ޢުމަރު ފައްޓަވައިފިއެވެ.

މިއަދު މެންދުރު ފަހު ފެއްޓެވި މި ދަތުރުފުޅުގައި ވަޑައިގަތުމަށް ހަމަޖެހިފައި ވަނީ ތުޅާދު، ހިތާދޫ، ފުޅަދޫ، ގޮއިދޫ، ކިހާދޫ، ފެހެންދޫ، އޭދަފުށި، މާޅޮސް, ކުޑަރިކިލި ، ދޮންފަނު، އަދި ދަރަވަންދޫ ހިމެނެއެވެ.

ވަޒީރުގެ މި ދަތުރުފުޅުގައި މިއަދު ވަނީ ތުޅާދޫ، ހިތާދޫ އަދި ފުޅަދޫއަށް ވަޑައިގަންނަވައި އެ 3 ރަށުގެ ކައުންސިލާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީއާ ބައްދަލުކުރައްވާ އެ ފަރާތްތަކުގެ ކަންބޮޑުވުންތައް އަޑު އައްސަވައިފައެވެ.

ވަޒީރު ކުރައްވަމުން ގެންދަވައި މި ދަތުރުފުޅުގައި ބ. އަތޮޅުގެ ކަންތައް ބެލެހައްޓެވުމާއި ޙަވާލުވެ ހުންނެވި ސްޓޭޓް މިނިސްޓަރ މުޙައްމަދު ހާޝިމާއި ވުޒާރާގެ ބައެއް ވެރިން ބައިވެރިވެ ވަޑައިގަންނަވައެވެ.