09 ޖޫން 2024
ވަޒީރު އާދަމް ޝަރީފު ޢުމަރު، ކައުންސިލުތަކަށާއި، ޑަބްލިޔޫ.ޑީ.ސީތަކަށް ޝުކުރުއަދައިކުރެއްވީ ރ . އަތޮޅުގެ 10 ރަށަކަށް ވަޑައިގަތުމަށް ޓަކައި މި ހިނގާ ޖޫން މަހުގެ 6 ވަނަ ދުވަހު ފެއްޓެވި ދަތުރުފުޅު ނިންމަވައި ލެއްވުމަށް ފަހު މިއަދު މާލެ ވަޑައިގަންނަވައި، އެކްސްގައި ކުރެއްވެވި ޕޯސްޓެއްގައެވެ.
މި ޕޯސްޓްގައި ވަޒީރު ވަނީ ރ. އަތޮޅުގެ ކައުންސިލުތަކަށް، ދިމާވެފައިވާ ކަންބޮޑުވުންތަކަކީކޮބައިކަން ވެސް ވަރަށް ތަފުޞީލުކޮށް ވިދާޅުވެ ދެއްވާފައެވެ. އަދި މި ޕޯސްޓުގައި ހާމަކުރައްވާފައިވާ ގޮތުގައި ކައުންސިލުތަކަށް ދިމާވެފައިވާ މައްސަލަތަކަށް އަވަސް ޙައްލެއް ސިވިލްސަރވިސްގެ ތެރޭ ން ހޯއްދަވައި ދެއްވުމަށް މަސައްކަތަްޕުޅުކޮށްދެއްވާނެ ކަމަށް ވެސް ވިދާޅުވެފައި ވެއެވެ.
ވަޒީރުގެ މި ދަތުރުފުޅުގައި ބ. އަތޮޅު ތަޢުލީމީ މަރުކަޒުގެ ވޭތުވެ ދިޔަ އަހަރުގެ އިނާމުދިނުމުގެ ޖަލްސާ ޝަރަވެރިކޮށްދެއްވައިފައި ވެއެވެ.