13 ޖޫން 2024
ޕީ.އެސް.އެމުން އިންތިޒާމުކޮށްގެން އިއްޔެ ހެނދުނު 8.00 އިން ރޭގެ މެންދަމު 12.00 އަށް ކުރިޔަށް ގެންދިޔަ "ފަލަސްތީނާއެކު ދިވެހީން" ޓެލެތޯނުގައި ބައިވެރިވުމުގެ ގޮތުން މި ވުޒާރައިގެ ކޮންމެ މުއައްޒަފަކު 1 ދުވަހުގެ މުސާރައަށް ވުރެ ކުޑަ ނޫން އަދަދެއްގެ ފައިސާ ފަލަސްތީނުގެ ޙާލުގައި ޖެހިފައިވާ މުސްލިމުންނަށް ހަދިޔާކޮށްފިއެވެ
.މި ޙަރަކާތުގައި މި ވުޒާރައިގެ އެންމެހައި މުއައްޒަފުންގެ ހިއްސާ ނުހަނު ފުރިހަމައަށް ލިބިފައިވާކަން، ވަޒީރު އާދަމް ޝަރީފު ޢުމަރު ހާމަކުރައްވައިފައި ވެއެވެ. އަދި ޓެލެތޯނުގައި ބައިވެރިވުމުގެ ގޮތުން ރަށު ކައުންސިލުތަކާއި، ސިޓީ ކައުންސިލުތަކުން ވެސް މަސައްކަތްތަކެއް ކުރައްވާފައިވާކަން ޓެލެތޯނުގެ ލައިވް ޕްރޮގްރަމުގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ވިދާޅުވެފައި ވެއެވެ
.ފަލަސްތީނުގެ ރައްޔިތުންނަށް ޙަވާލުކުރުމަށް މި ވުޒާރާގެ ފަރާތުން ޕީ.އެސް.އެމާ ޙަވާލުކުރެވުނު ފައިސާގެ ޖުމުލައަކީ އެއް ލައްކަ ތޭރަ ހާސް ފަސް ސަތޭކަ ރުފިޔާއެވެ
.