14 ޖޫން 2024
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ ޚާއްޞަ ވަޢުދުފުޅާ ގުޅިގެން، މި އަހަރުގެ ތެރޭ މަސައްކަތްފައްޓައި 50 ކައުންސިލު އިދާރާ ޢިމާރާތްކުރާނެ ރަށްތައް އިޢުލާންކުރެއްވީ މިއަދު 1.00 ގައި އެ ކަމަށް ޓަކައި މި ވުޒާރައިގައި ބޭއްވެވި ޚާއްޞަ ނޫސް ކޮންފަރެންސެއްގައި ވަޒީރު އާދަމް ޝަރީފު ޢުމަރެވެ.
ރައީސްގެ ޚާއްޞަ ވަޢުދުފުޅާ ގުޅިގެން މި އަހަރުތެރޭ މަސައްކަތް ފެށުމަށް ކަނޑައެޅި، ކައުންސިލު އިދާރާ ޢިމާރާތްކުރާ ރަށްތައް ތިރީގައި އެ ވަނީއެވެ
.ހއ. އަތޮޅު: ވަށަފަރު، ދިއްދޫ، އިހަވަންދޫ
ހދ. އަތޮޅު: ކުމުންދޫ، ނޭކުރެންދޫ، ވައިކަރަދޫ
ށ. އަތޮޅު: ކޮމަންޑޫ، ފޭދޫ، ގޮއިދޫ، ނަރުދޫ
ނ. އަތޮޅު: ހެނބަދޫ، ޅޮހި، ފޮއްދޫ، މަނަދޫ، މަގޫދޫ، ލަންދޫ
ރ. އަތޮޅު: ވާދޫ، ހުޅުދުއްފާރު
ބ. އަތޮޅު: ކަމަދޫ، ކުޑަރިކިލު، ފެހެންދޫ، އޭދަފުށި، ތުޅާދޫ، ކިހާދޫ
ޅ. އަތޮޅު: ކުރެންދޫ
ކ. އަތޮޅު: ހިންމަފުށި، ކާށިދޫ، ގުރައިދޫ، ތުލުސްދޫ، ގާފަރު
އދ. އަތޮޅު: ކުނބުރުދޫ، މަހިބަދޫ، ފެންފުށި
މ. އަތޮޅު: މުލި، ދިއްގަރު، މުލައް
ފ. އަތޮޅު: ފީއަލި
ދ. އަޮތޮޅު: ހުޅުދެލި، ބަނޑިދޫ
ތ. އަތޮޅު: އޮމަދޫ، ގާދިއްފުށި، ބުރުނީ، ގުރައިދޫ، ވޭމަންޑޫ
ލ. އަތޮޅު: މާބައިދޫ، ކުނަހަންދޫ، މާވަށް
ގއ. އަތޮޅު: މާމެންދޫ، ނިލަންދޫ
ގދ. އަތޮޅު: މަޑަވެލި
މި މަޝްރޫޢުގެ އިތުރުން ޕީ.އެސް.އައި.ޕީތެރޭން މި އަހަރު 29 ރަށެއްގެ ކައުންސިލު އިދާރާ ޢިމާރާތްކުރެވޭނެ ކަމަށާއި، އަދި 2023 ގެ ބަޖެޓުގައި ހިމެނިގެން 26 ރަށެއްގެ ކައުންސިލު އިދާރާ މިހާރު ވެސް އަޅަމުން އަންނަ ކަމަށް ޕްރެސް ކޮންފަރެންސްގައި ވަޒީރު ވިދާޅުވެފައި ވެއެވެ
.މި އަހަރުތެރޭ މި އެޅޭ 105 ކައުންސިލު އިދާރާގެ ސަބަބުން އެ ރަށްތަކުގެ އިދާރީ ހިންގުމަށް އެތައް ލުއި ފަސޭހަތަކެއް ލިބި، ރަށު ތަރައްޤީއަށް ހެޔޮ އަސަރުތަކެއް ކުރާނެ ކަމަށް ޤަބޫލުކުރެވެއެވެ
.