news photo

އިޤްތިޞާދު ހަރުދަނާ ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އަޅުއްވަމުން ގެންދަވައި ފިޔަވަޅުތަކަށް ވަޒީރު މަރުޙަބާ ދަންނަވައިފި

28 ޖޫން 2024

ރާއްޖޭގެ އިޤްތިޞާދު ހަރުދަނާ ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އަޅުއްވަމުން ގެންދަވައި ހަރުދަނާ ފިޔަވަޅުތަކަށް ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާއި ބެހޭ ވަޒީރު އާދަމް ޝަރީފު ޢުމަރު މަރުޙަބާ ދަންނަވައިފިއެވެ.

ރަސްމީ ދަތުރުފުޅެއްގައި ޗައިނާގައި ހުންނަވައި، ވަޒީރު ވިދާޅުވީ، ރާއްޖެ މިހާރު ތަޖުރިބާކުރަމުންދާ އިޤްތިޞާދީ ހީނަރުކަމަކީ ކުރީގެ ސަރުކާރުތަކުން ޢަމަލުކުރަމުން ދިޔަ ދޯހަޅި ސިޔާސަތުގެ ތެރެއިން ދިމާވެފައިވާ ކަމެއް ކަމަށާއި، ރައީސުލްޖުމްހޫރިއްޔާ މިހާރު އަޅުއްވަމުން ގެންދަވައި ފިޔަވަޅުތަކުގެ ސަބަބުން ޤައުމުގެ އިޤްތިޞާދު ހަމައަކަށް އެޅި ގިނަ މައްސަލަތައް ޙައްްލުކުރެވި ރައްޔިތުންގެ އުއްމީދުތައް ޙާސިލްކުރުމަށް މަގުފަހިވެގެންދާނެ ކަމުގައެވެ.

"ރައީސުލްޖުމްހޫރިއްޔާ މިހާރު އަޅުއްވަމުން ގެންދަވައި ފިޔަވަޅުތަކުގެ ސަބަބުން ޤައުމުގެ އިޤްތިޞާދު ހަމައަކަށް އެޅި ގިނަ މައްސަލަތައް ޙައްްލުކުރެވި ރައްޔިތުންގެ އުއްމީދުތައް ޙާސިލްކުރުމަށް މަގުފަހިވެގެންދާނެ" ވަޒީރު އާދަމް ޝަރީފު ޢުމަރު ވިދާޅުވިއެވެ.

އެ މަނިކުފާނު އިތުރަށް ވިދާޅުވީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން އެއްވެސް މީހަކަށް އެއްވެސް ސެކްޓަރއަކަށް ދެރަ ގޮތެއްވާން ނޭދޭ ކަމަށާއި، ފަހިވިސްނުމެއްގައި ކުރިއަށް ވަޑައިގެންފި ނަމަ އަލިވިލޭނީ އުފާވެރި ފަތިހަކަށް ކަމުގައެވެ.