29 ޖޫން 2024
ޑިޖިޓަލް ޒަމާނުގައި އިތުބާރު ބިނާކުރުން (ސައިބަރ ސެކިއުރިޓީގެ ވެށި ނެވިގޭޓްކުރުމަށް އައު ޙައްލުތަކާއި ސްޓްރެޓެޖީތައް ބަލައި ދިރާސާކުރުން) އާއި ގުޅޭގޮތުން ބޭއްވޭ ޗައިނާ-އޭޕެކް "ކްލޯޒްޑް ޑޯ" ބައްދަލުވުމުގައި ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާއްމު މަސައްކަތްތަކާއި ބެހޭ ވަޒީރު އާދަމް ޝަރީފު ޢުމަރު ބައިވެރިވެ ވަޑައިގެންފިއެވެ.
މިފޯރަމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާ ކުރެވިފައި ވަނީ ސައިބަރ ސެކިއުރިޓީއަށް އިތުބާރު ޤާއިމުކޮށް އިތުރަށް ހަރުދަނާކުރުމަށް ބައިނަލްއަޤުވާމީ މިންގަޑުތަކާއި މުޢާހަދާތަކުގެ މުހިންމުކަމުގެ ދިރާސާއެއްކުރުމާއި، ސައިބަރ ސެކިރިޓީގެ ދާއިރާ ހަރުދަނާ ކުރުމަށް އާޓިފިޝަލް އިންޓެލިޖަންސް، ފަދަ ޓެކްނޮލޮޖީ ދިވެހިރާއްޖޭގައި ބޭނުންކުރެވޭ މިންވަރު ފުޅާ ކުރުމަށް ޝައުޤުވެރިކަން ފާޅުކުރުމުގެ އިތުރަށް ސައިބާރ ސެކިއުރިޓީގެ މައްސަލަތައް ޙައްލުކުރުމަށް ސަރުކާރާއި، ތަޢުލީމީ ދާއިރާ އަދި އާންމު ފަރާތްތައް ގުޅިގެން މަސައްކަތްކުރުމުގެ މުހިންމުކަމުގެ މައްޗަށެވެ.
ޗައިނާގެ ޖީ.އެސް.އެމް.އޭ އޭޝިޔާ ޕެސިފިކް ރީޖަންގެ ފަރާތުން އިންތިޒާމުކުރި މި ފޯރަމްގައި ދިވެހިރާއްޖޭގެ އިތުރަށް ނޭޕާލް، މޭލޭޝިޔާ، ތައިލެންޑްގެ އިތުރަށް ބަނގްލަދޭޝްއިން ވަނީ ބައިވެރިވެފައެވެ.