30 ޖޫން 2024
ލާމަރުކަޒީ ނިޒާމަށް ބަދަލު ގެންނަވަނީ ޤައުމީ ޔުނިވަރސިޓީން ހަދާ ރިސާރޗާއި އާއްމުންގެ ޚިޔާލަށް ބެލުމަށް ފަހުގައި ކަމަށް ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާންނު މަސައްކަތްތަކާއި ބެހޭ ވަޒީރު އާދަމް ޝަރީފު ޢުމަރު ވިދާޅުވެއްޖެއެވެ.
މިނިސްޓަރ ވިދާޅުވީ ލާމަރުކަޒީ ނިޒާމަށް ބަދަލުގެންނަން ވާނީ އެ ނިޒާމުގައި ހުރި ގިނަ މައްސަލަތަކަށް ހެޔޮ ބަދަލު ގެނެވޭ ގޮތަށް ކަމަށެވެ. އެ ގޮތުން ޤައުމީ ޔުނިވަރސިޓީއިން ހަދާ ރިސާޗަށް، ރައްޔިތުންގެ މަޖިލީހާއި، އާއްމުންގެ ޚިޔާލާއި، ތަޖުރިބާކާރުންގެ ލަފާ ހޯއްދަވައިގެން ޤާނޫނަށް އިޞްލާޙް ހުށައެޅުން މުހިންމުކަމުގައެވެ.
ދުނިޔޭގެ އެކި ޤައުމުތަކުގައި ލާމަރުކަޒީ ނިޒާމުގެ ތަފާތު މޮޑެލްތަކެއް ހުރި ކަމަށާ، އެ ހުރިހައި ކަންކަމަށް ރިއާޔަތްކުރުން ވެސް ވަރަށް މުހިންމު ކަމުގައި ވަޒީރު ވިދާޅުވިއެވެ.
u7