news photo

ޖީއެސްއެމްއޭގެ ދަޢުވަތަށް ޗައިނާއަށް ކުރެއްވި ދަތުރަށް ސަރުކާރުން ޚަރަދެއް ނުކުރައްވަ: ވަޒީރު އާދަމް ޝަރީފު ޢުމަރު

03 ޖުލައި 2024

2024 ޖޫން 25 އިން 30 އަށް ވަޒީރު އާދަމް ޝަރީފު ޢުމަރު ޗައިނާއަށް ކުރެއްވެވި ދަތުރުފުޅަށް ސަރުކާރުން ޚަރަދު ނުކުރައްވާ ކަމަށް ވިދާޅުވީ އެކްސްގައި އެ މަނިކުފާނު ކުރައްވާފައިވާ ޓްވީޓެއްގައެވެ.

ގްލޯބަލް ސިސްޓަމް ފޯ މޯބައިލް ކޮމިޔުނިކޭޝަން (GSMA) ގެ ދަޢުވަތަކަށް ޗައިނާއަށް ވަޒީރު ކުރެއްވި ދަތުރުފުޅާ ބެހޭ ގޮތުން ކުރައްވާ ފައިވާ ޓްވީޓްގައި ދަތުރުފުޅުގެ ހުރުމާއި، ކެއުމާއި، ދަތުރުފަތުރުގެ އިތުރުން އެއަރ ޓިކެޓަށް ސަރުކާރުން ޚަރަދު ކުރައްވައިފައި ނުވާ ކަމަށް ވިދާޅުވެފައި ވެއެވެ.

އެ މަނިކުފާނު ޗައިނާއަށް ކުރެއްވި މި ދަތުރުފުޅުގައި ސައިބާ ސެކިއުރިޓީގެ ވެށި ނެވިގޭޓްކުރުމަށް އައު ޙައްލުތަކާއި ސްޓެރެޓެޖީތައް ބަލައި ދިރާސާކުރުމާ ގުޅޭ ގޮތުން ބޭއްވި ޗައިނާ - އޭޕެކް " ކްލޯޒްޑް ޑޯ" ފޯރަމްގައި ވަނީ ބައިވެރިވެވަޑައިގެންފައެވެ.

މި ފޯރަމްގައި ދިވެހިރާއްޖޭގެ އިތުރުން ނޭޕާލާއި، މެލޭޝިޔާއާއި، ތައިލޭންޑާއި އަދި ބަންގްލަދޭޝްއިން ބައިވެރިވިއެވެ.