09 ޖުލައި 2024
އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީތަކުގެ މަސައްކަތްތަކުގެ ސަބަބުން ރަނގަޅު މުޖުތަމައެއް ބިނާވުމަށް މަގުފަހިވާ ކަމަށް ވަޒީރު އާދަމް ޝަރީފު ޢުމަރު ވިދާޅުވެއްޖެއެވެ. އެ މަނިކުފާނު މިހެން ވިދާޅުވީ، މާލޭ ސިޓީ ކައުންސިލްގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރުންނާ ބައްދަލުކުރެއްވުމަށް އިއްޔެ ވުޒާރާގައި ބޭއްވި ބައްދަލުވުގައި، އެ ބޭފުޅުންނާ މުޚާޠަބުކުރައްވާ ވަޒީރު އާދަމް ޝަރީފު ޢުމަރު ދެއްކެވި ވާހަކަފުޅުގައެވެ.
އިއްޔެ ހެނދުނު މި ވުޒާރާގައި ބޭއްވި މި ބައްދަލުވުމުގަައި ޑަބްލިޔޫ.ޑީ.ސީން ކުރައްވައިފައިވާ ކަންތައްތަކާއި، ކުރައްވަމުން ގެންދަވައި ކަންތައް އޮޅުންފިލުވައި ދެއްވިއެވެ. މީގެ އިތުރުން މި ބައްދަލުވުމުގައި އެ ކޮމިޓީން ކުރިމަގުގައި ކުރައްވަން ރާވައިފައިވާ ކަންތައްތައް ވެސް ޙިއްޞާ ކުރައްވައިފައި ވެއެވެ. މި ބައްދަލުވުމުގައި މާލޭ ސިޓީގެ މޭޔަރ އާދަމް ޢާޒިމާއި، މި ވުޒާރާގެ ޑަބްލިޔޫ.ޑީ.ސީ ޔުނިޓުގެ ބޭފުޅުން ބައިވެރިވެ ވަޑައިގެންނެވިއެވެ. ލާމަރުކަޒީ ނިޒާމު ހަރުދަނާކޮށް، ރައްޔިތުން ބާރުވެރިކުރުވުމަށް އަދުގެ ސަރުކާރުން ކުރައްވަމުން އަންނަ މަސައްކަތްތަކުގައި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީތައް އަންނަނީ މުހިންމު ދައުރެއް އަދާކުރަމުންނެވެ.