news photo

ހިތަދޫ މާމެންދޫއިން، ގޯތި ދޫކުރަން ހަމަޖެހިފައިވާ ސަރަޙައްދު ސާފުކުރަނީ

16 ޖުލައި 2024

ހިތަދޫއިން ގޯތި ދޫކުރަން ހަމަޖެހިފައިވާ ސަރަޙައްދު ސާފުކުރުމުގެ މަސައްކަތް މިނިސްޓްރީ އޮފް ސިޓީސް، ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވާރކްސްގެ އައްޑޫ ސިޓީގެ ޕަބްލިކް ވާރކްސް ޔުނިޓުން ފަށައިފިއެވެ.

ހިތަދޫއިން ގޯތިދިނުމަށް 3 ސަރަޙައްދަކުން މިހާތަނަށް 250000 އަކަފޫޓް ސާފުކުރެވިފައި ވެއެވެ. އެ ސަރަޙައްދު ސާފުކުރެވިފައި ވަނީ ހިތަދޫ ސްޓޭޑިއަމް ސަރަޙއްދުންނާއި ، ހިތަދޫ ފުލެޓް ސަރަޙައްދުންނާއި އަދި ހިތަދޫ އޭ.އީ.އެޗް ހޮސްޕިޓަލް ސަރަޙައްދުންނެވެ. މި ސަރަޙައްދުތައް ސާފުކުރުމުގެ މަސައްކަތް އައްޑޫ ސިޓީގެ ޕަބްލިކް ވާރކްސް ޔުނިޓާއި ރަސްމީކޮށް ޙަވާލުކުރެވިފައި ވަނީ މެއި 2024 ގައެވެ

އައްޑޫ ސިޓީގެ ތަރައްޤީއަށް ކުރެވޭ މި ބާވަތުގެ މަސައްކަތްތަކުގައި މި ވުޒާރާގެ އައްޑޫ ސިޓީގެ ޕަބްލިކް ވާރކްސް ޔުނިޓުން އަންނަނީ ގިނަގުނަ މަސައްކަތްތަކެއް ކުރަމުންނެވެ. މި ކަން ޝުކުރުވެރިކަމާއެމު އައްޑޫ ރައްޔިތުން ބަލައިގަނެއެވެ.