news photo

ކްލަބް އެމް.ސީ.އެލް.ޕީ އުފެދުނުކަމީ މިނިސްޓްރީގެ މުވައްޒަފުންގެ އިޖްތިމާޢީ ރޫޙް އުފެދި ހުނަރު ތަރައްޤީކުރުމަށް މަގުފަހިވާނެ ކަމެއް: މިނިސްޓަރ

18 ޖުލައި 2024

ކްލަބް އެމް.ސީ.އެލް.ޕީ އުފެދުނުކަމީ މިނިސްޓްރީގެ މުވައްޒަފުންގެ އިޖްތިމާޢީ ރޫޙް އުފެދި ހުނަރު ތަރައްޤީ ކުރުމަށް މަގުފަހިވާނެ ކަމެއްކަމަށް ސިޓީތަކާއި، އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާއި ބެހޭ ވަޒީރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.

މިނިސްޓަރު މިހެން ވިދާޅުވީ ސިޓީތަކާއި، އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާއި ބެހޭ ވުޒާރާގެ ކްލަބް "އެމް.ސީ.އެލް.ޕީ" އުފެދުމުގެ މުނާސަބަތުގައި މުވައްޒަފުންނަށް މަރުޙަބާ ދަންނަވައި ކުރެއްވި އެކްސްއެއްގައެވެ.

ކްލަބު އެމް.ސީ.އެލް.ޕީ އުފެދުނުކަން މިނިސްޓްރިއޮފް ޔޫތު އެމްޕަވަރމަންޓް އިންފޮމޭޝަން އެންޑް އާރޓްސްއިން ވަނީ ސިޓީސް މިނިސްޓްރީއަށް އަންގަވައި، ކްލަބުގެ ރަޖިސްޓްރީ އެ މިނިސްޓްރީއާ ޙަވާލު ކުރައްވައިފައެވެ.

މަޢުލޫމާތު ލިބިފައިވާ ގޮތުގައި މިހާރުދަނީ ކްލަބުގެ މެންބަރުކަމަށް އެދޭ ފަރާތްތަކަށް ފޯރމް ފުރުމުގެ ފުރުޞަތު ހުޅުވާލުމަށް ތައްޔާރު ވަމުންނެވެ. އަދި ކުލަބުގެ އިންތިޚާބީ މަޤާމުތަކަށް މެންބަރުން އިންތިޚާބުކުރުމުގެ މަސައްކަތް ވަރަށް އަވަހަށް ފެށިގެން ކުރިއަށްދާނެ ކަމުގެ މަޢުލޫމާތު ވެސް ލިބިފައި ވެއެވެ.

ކުލަބު ރަޖިސްޓްރީ ކުރެވުނު އިރު، މި ކުލަބުގެ ރައީސްކަމަށް ވާދަކުރުމަށް ޓަކައި އެތައް ބަޔަކު ޝައުޤުވެރިކަން ފާޅުކުރައްވައިފައިވާ ކަން އުފަލާއެކު ފާހަގަކުރަމެވެ.