news photo

ސިޓީސް ލޯކަލް ގަވަރމެންޓް ޕަބްލިކްވާރކްސް މިނިސްޓަރ އާދަމް ޝަރީފާއި އިހަވަންދޫ ކައުންސިލް ގެ މެންބަރުން ބައްދަލުކުރައްވައިފި

30 ޖެނުއަރީ 2024

ސިޓީސް ލޯކަލް ގަވަރމެންޓް މިނިސްޓަރ އާދަމް ޝަރީފާއި އިހަވަންދޫ ކައުންސިލް ގެ މެންބަރުން ބައްދަލުކުރައްވައިފިއެވެ. މިބައްދަލުވުމުގައި އިހަވަންދޫ ކައުންސިލްގެ ރައީސް އަހްމަދު ޞަބާހް ވިދާޅުވީ އިހަވަންދޫގެ އިހްތިސާސް ގެތެރޭގައި އެރަށުގެ ދިގުފަރު ހިމެނުމުގެ މަސައްކަތް ކޮށްދިނުމާއި, އެރަށުގައި ހިންގާ ފައިބަރު އޮޑި ދޯނިފަހަރު ބަނުމުގެ މަސައްކަތްތައް އެހެންރަށަކަށް ބަދަލުކުރެއްވުމަށް ބޭނުންވާކަމުގައެވެ. މީގެ އިތުރައްވެސް ރަށަށް ބޭނުންވާ ތަރައްގީގެ އެކި ކަންކަމާގުޅެގޮތުން ވަނީ މަޝްވަރާކުރައްވާފައެވެ.

މިބައްދަލުވުމުގައި މިނިސްޓަރ އާދަމް ޝަރީފް ވަނީ އިހަވަންދޫ ކައުންސިލުން ހުށައަޅުއްވާ ފައިވާ ކަންކަމާގުޅޭ ގޮތުން މިނިސްޓްރީގެ ފަރާތުން ކޮށްދެވެން ހުރިކަންކަން ކޮށްދެއްވުމަށް މަސައްކަތް ކޮށްދެއްވާނެކަމަށް ވިދާޅުވެފައެވެ. މިބައްދަލުވުމުގައި މިނިސްޓްރީގެ ހއ.ހދ.ށ, ރީޖަންގެ އިސްވެރިން ބައިވެރިވެލެއްވިއެވެ.