news photo

އެލް.ޖީ.އޭގެ އައު ސީ.އީ.އޯ މުޙައްމަދު ނިމާލަށް ސިޓީސް މިނިސްޓަރ އާދަމް ޝަރީފް މަރުޙަބާ ދަންނަވައިފި

06 އޯގަސްޓު 2024

ލޯކަލް ގަވަރމެންޓް އޮތޯރިޓީގެ ސީ.އީ އޯގެ މަޤާމާއި އަލަށް ޙަވާލުވެ ވަޑައިގެންނެވި މުޙައްމަދު ނިމާލަށް ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި، އާންމު މަސައްކަތްތަކާއި ބެހޭ ވަޒީރު އާދަމް ޝަރީފު ޢުމަރު، އެ މިނިސްޓްރީގައި ބައްދަލުކުރައްވައި މިއަދު މަރުޙަބާ ދަންނަވައިފިއެވެ.

މިއަަދު މެންދުރު ސިޓީސް މިނިސްޓްރިގައި އޮތް މި ރަސްމިއްޔާތުގައި މިނިސްޓަރ އާދަމް ޝަރީފު ޢުމަރު ވިދާޅުވީ މުޙައްމަދު ނިމާލް އެލް.ޖީ.އޭގެ ސީ.އީ.އޯގެ މަޤާމާއި ޙަވާލުވެ ވަޑައިގަތުުގެ ސަބަބުން އަތޮޅުތަކުގެ ކަންކަން ވަރަށް ރަނގަޅަށް ވިލަރެސް ކުރައްވާ ގުޅިގެން މަސައްކަތް ކުރައްވަވާނެ ކަމަށް އުންމީދުކުރައްވާ ކަމަށެވެ.

"ލޯކަލް ގަވަރުމެންޓް އޮތޯރިޓީގެ ހިންގުން ރަނގަޅު ކުރުމަށް ވީހާވެސް ރަނގަޅަށް ކަންކަން ތަރުތީބު ކުރެއްވުމަށް އާ ސިީ.އީީ.އޯ މަސައްކަތް ކުރައްވާނެ. އަދި އަޅުގަނޑު ވަރަށް ހޫނު މަރުހަބާއެއް ސީއީއޯ މުޙައްމަދު ނިމާލަށް ދަންނަވަން" މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ އެލް .ޖީ.އޭއަކީ ކައުންސިލްތައް ބާރުވެރި ކުރުވުމަށް އަދި ޒިންމާދާރުކުުރުމުގައި ރަނގަޅު ދައުރެއް އަދާކުރައްވަމުން ގެންދަވައި މުއައްސަސާއެއް ކަމަށާއި، އަދި ސިޓީސް މިނިސްޓްރީއާ ވަަރަަށް ގާތުން މަސައްކަތް ކުރައްވާ މުއައްސަސާއެއް ކަމުގައި ވެސް ވިދާޅުވިއެވެ.

މިރަސްމިއްޔާތުގައި ސިޓީސް މިނިސްޓްރީގެ ކްލަސްޓަރ ތަކުގެ އިސްވެރިންނާއި އަތޮޅުކައުންސިލްތަކާއި، ސިޓީކައުންސިލްތަކާ ޙަވާލުވެ ތިއްބެވި އެޓޯލް ހެޑުން ބައިވެރިވެލެއްވިއެވެ.