31 ޖެނުއަރީ 2024
ހުރިހާ މުއައްސަސާތަކުން ރަށްރަށުގެ ކައުންސިލްތަކާއި ގުޅުން ހުންނަ ކަންކަން ކުރިއަށް ގެންދަވާއިރު ޕްރޮޖެކްޓްތަކުގެ ތަފްސީލްތައް ވީހާވެސް ހަމަކަންބޮޑުގޮތަކަށް ފޯރުކޮށްދެއްވުމަށް ސިޓީސް ލޯކަލް ގަވަރމެންޓް މިނިސްޓަރ އާދަމް ޝަރީފް އެދިވަޑައިގެންފިއެވެ.
އެމަނިކުފާނު މިކަމަށް އެދިވަޑައިގަތީ ލޯކަލް ގަވަރުމެންޓް އޮތޯރިޓީގެ ފަރާތުން އިންތިޒާމްކޮށްގެން ކ. ތުލުސްދޫގައި ކުރިއަށް ގެންދިޔަ ލާމަރުކަޒީ ނިޒާމު ހަރުދަނާ ކުރުމާއި ބާރުވެރިކުރުމުގެ މަސައްކަތު ބައްދަލުވުމުގގައި ވާހަކަފުޅުދައްކަވަމުންނެވެ.
މިނިސްޓަރ އާދަމް ޝަރީފް ވިދާޅުވީ ރަށްރަށުގައި ހިންގާ ޕްރޮޖެކްޓް ތަކާއި ރައްޔިތުންނާއި ގުޅުން ހުންނަ ކަންކަމުގައި ފުރިހަމަ މަޢުލޫމާތު ކައުންސިލްތަކަށް ނުލިބުމާއި ބައެއް އެސް.އޯ.އީ ތަކުން ކައުންސިލްތަކާއި ގުޅުމެއްނެތި ކަންކަން ކުރަމުންދާކަމުގެ ޝަކުވާ ރައްޔިތުންގެ ފަރާތުން ލިބެމުން ދާކަމުގައެވެ. އަދި އިތުރަށް އެމަނިކުފާނު ވިދާޅުވީ ކުރިމަގުގައި ހުރިހާ މުއައްސަސާތަކުންވެސް ރައްޔިތުންނާއި ގުޅުން ހުރިކަންކަން ކުރިއަށް ގެންދަވާއިރު ކައުންސިލްތަކަށް އެގިގެން ކަންކަން ކުރުމަކީ ލާމަރުކަޒީ މުހިންމު ސިފައެއްކަމުގައެވެ، އަދި އެފަދަ ކަންކަމުގައި ހުރިހާކައުންސިލްތަކުން އެއްބާރުލުންދެއްވާނެމަށް އުއްމީދުކުރާކަމުގައި ވެސް ވިދާޅުވިއެވެ.