news photo

ވަޒީރު އާދަމް ޝަރީފު ސިޓީސް މިނިސްޓަރުކަމުގެ މަޤާމުގައި ހުންނެވުމަކީ މާލޭ ސިޓީގެ ކަންކަން ކުރެއްވުމަށް ލިބުނު ފަސޭހައެއް: މޭޔަރު ޢާޒިމް

13 އޯގަސްޓު 2024

ވަޒީރު އާދަމް ޝަރީފު ޢުމަރު ސިޓީސް މިނިސްޓަރުކަމަށް ޙަވާލުވެ ހުންނެވުމަކީ މާލޭ ސިޓީގެ ކަންކަން ކުރެއްވުމަށް ލިބުނު ވަރަށް ބޮޑު ފަސޭހައެއް ކަމުގައި މާލެ ސިޓީގެ މޭޔަރު އާދަމް ޢާޒިމް ވިދާޅުވެއްޖެއެވެ.

ޕީ.އެސް.އެމް ރާއްޖޭ މިއަދު ޕްރޮގްރާމްގައި މާލެ ސިޓީގެ މޭޔަރު އާދަމް ޢާޒިމް މިރޭ ވާހަކަފުޅު ދައްކަވަމުން ސިޓީސް މިނިސްޓަރ އާދަމް ޝަރީފު ޢުމަރުގެ މަސައްކަތްޕުޅަށް ވަރަށް ބޮޑަށް ތަޢުރީފު ކުރައްވައި ވިދާޅުވީ ސީޓީކައުންސިލްގެ އެކި ކަންކަމާ ގުޅިގެން ކޮންމެ ގަޑިއެއްގައި ގުޅާލި ނަމަވެސް ފޯނުކުރެވި އެ ކަމަށް މަޝްވަރާކުރެވޭ ކަމަށާއި އަދި މިނިސްޓަރާ ބައްދަލުކުރެއްވުމަށް ބޭނުންވެއްޖެ ހިނދެއްގައި އުނދަގޫ ކަމެއް ނެތި އެ ކަން ވެސް ކޮށްލެވޭ ކަމުގައި ޢާޒިމް ވިދާޅުވިއެވެ.

"ޚާއްޞަކޮށް ވަރަށް މެޗުއަކަޮށް އަޅުގަނޑުމެން ކޮންމެ ގަޑިއެއްގައި މިނިސްޓަރާ ބައްދަލުވޭ. ކޮންމެ ގަޑިއެއްގައި މިނިސްޓަރަށް ފޯނުކުރެއްވޭ. ވަރަށް ފޯނަށް ޖަވާބުދެއްވާ. އަދި ވަކިން ޚާއްޞާކޮށް ދެ ބޭފުޅަކު މާލޭ ސިޓީގެ ކަން ކަމަށް އައްޔަނުކޮށްފައި ވެސް އެބަތިބި. ފަސޭހަކޮށް ސަރުކާރާ ކަނެކްޓް ކޮށްލަން" މޭޔަރު ޢާޒިމް ވިދާޅުވިއެވެ.

އާޒިމް އިތުރަށް ވިދާޅުވީ މޭޔަރުކަމަށް އެމް.ޑީޕީގެ މެންބަރެއް ގެ ގޮތުގައި އާދެވުނު ނަމަވެސް މިނިސްޓަރުގެ އެއްބާރުލެއްވުމާއި އެކު ސަރުކާރާއި އެކު މަސައްކަތް ކުރެއްވުމަށް ވަރަށް ބޮޑަށް ފަސޭކަކަމަށާއި މާލެ ސިޓީގެ ޑަބުލިޔު. ޑީ.ސީގެ ކަންކަންވެސް މިނިސްޓަރ އާދަމް ޝަރީފް ވަރަށް ގާތުން ބައްލަވަމުން ގެންދަވާ ކަމުގައި ވިދާޅުވިއެވެ.

އަދި އާޒިމް ވިދާޅުވީ އެދިވަޑައިގެންނަވާ ކަންކަން ފަސޭހަކަމާއި އެކު މިނިސްޓަރ އާދަމް ޝަރީފް ކޮށްދެއްވާތީ އެކަމަށް ވަރަށް ބޮޑަށް ޝުކުރު ދަންނަވާކަމުގައެވެ.

މިނިސްޓަރ އާދަމް ޝަރީފް މިރޭގެ ޕްރޮގްރާމް ގައި ވިދާޅުވީ މާލޭ ސީޓީއަށް ދިމާވެފައިވާ މައްސަލަތައް ހައްލުކުރުމަށް މާލޭގެ މޭޔަރު އާޒިމްގެ އެއްބާރުލުން ލިބޭ ކަމަށާއި އާޒިމް އަކީ އޮޕޮޒިޝަންގެ ވަދާވެރި ފަރާތެއްކަމުގައި ވީނަމަވެސް އެއްވެސް ކަމެއްގައި ހުއްޓުމެއް ދަތިކަމެއްނެތި ވަރަށް ރަނގަޅަށް މާލެ ސިޓީގެ މަސައްކަތްތައް ކުރިއަށް ދާކަން ވަނީ ފާހަގަ ކުރައްވާފައެވެ.

"މާލެއަށް ގެންނަން ބޭނުންވާ ބަދަލުތައް ގެނައުމުގައި ސަރުކާރާ މާލެސިޓީ ކައުންސިލާއި ގުޅިގެން މާލެ ސިޓީކައުންސިލައް ލިބެންޖެހޭ އިހްތިސާސް ހަމައެފަރާތްތަކަށް އެހައްގު ލިބިގެން އިރާދަކުރެއްވިއްޔާމު މާލޭގެ މައްސަަލަތައް ހައްލުކުރަމުން ދާނި" މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ މާލޭ ސިޓީކައުންސިލައް ދިމާވާ އެކި ކަންކަމުގައި ސަރުކާރުގެ ތެރެއިން އެކި އެކި މުއައްސަސާތަކާއި ގުޅިގެން ކަންކަން ފަހިކުރުމުގެ މާހައުލެއް ގާއިމްކޮށްދެއްވަން މަސަކްތަ ކުރައްވާނެ ކަމަށެވެ.