17 އޭޕްރީލު 2025
"އޮފީސް ލީގު 2025" ގައި ވާދަކުރާ ޓީމް އެމްސީއެލްޕީގެ ކުޅުންތެރިންނަށާއި، އޮފިޝަލުންނަށް ޖާރޒީ ޙަވާލުކޮށްދެއްވައިފިއެވެ. މިއަދު މެންދުރުފަހު މިނިސްޓްރީ އޮފް ސިޓީސް، ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވާރކްސްގެ މާލޭ ޕަބްލިކް ވާރކްސް ޔުނިޓްގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތުގައި، ކުޅުންތެރިންނަށާއި، އޮފިޝަލުންނަށް ޖާރޒީ ޙަވާލުކޮށް ދެއްވީ މިނިސްޓަރ އާދަމް ޝަރީފު ޢުމަރުއެވެ.
ޖާރޒީ ޙަވާލުކުރުމަށް ބޭއްވި މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ އާދަމް ޝަރީފު އުމަރު ވިދާޅުވީ، މި މުބާރާތުގައި ވާދަކުރަނީ ނަޖީތާ ޙާޞިލްކުރުމަށް ކަމަށެވެ. އަދި ކްލަބް އެމްސީއެލްޕީއަށް މުބާރާތުގެ ތަށި ކާމިޔާބު ކުރެވޭނެ ކަމުގެ އުއްމީދު އެބަ އޮތްކަމުގައި އެ މަނިކުފާނު ވިދާޅުވެފައެވެ.
ޓީމާއެކު މިނިސްޓްރީ އޮފް ސިޓީސް، ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވާރކްސްގެ އެންމެހައި މުވައްޒަފުން ތިބިކަން މިރޭ ދަނޑުން ފެނިގެންދާނެއެވެ. ކުލަބް އެމްސީއެލްޕީގެ ޓީމަށް ފަހި ކާމިޔާބަށް އެދެމެވެ. އޮފީސްލީގު 2025 ގައި ކުލަބް އެމްސީ އެލްޕީ ކުޅޭ ފުރަތަމަ މެޗު އޮންނާނީ މިރޭ 22.00 ގައެވެ.