18 އޭޕްރީލު 2025
ބިގް ގޭމް މޯލްޑިވްސްގެ ފަރާތުން އޮގަނައިޒުކޮށްގެން ކުރިއަށް ގެންދާ "އޮފީސް ލީގު 2025"ގައި ރޭ ކުޅުނު މެޗް، މޯލްޑިވްސް އިސްލާމިކް ބޭންކުގެ ޓީމާ ބައްދަލުކޮށް ފަސޭހަކަމާއެކު ކުލަބް އެމްސީއެލްޕީން ކާމިޔާބުކޮށްފިއެވެ.
29 އޮފީހަކުން ވާދަކުރާ މި މުބާރާތުގެ ގްރޫޕް އެޗްގައި ހިމެނެނީ ކުލަބް އެމްސީއެލްޕީއާއި، އެމްއައިބީގެ އިތުރުން ފެނަކައެވެ. ފޯރިގަދަ ކުޅުމެއްފެނިގެން ދިޔަ ރޭގެ މެޗް އެމްސީއެލްޕީ ކާމިޔާބުރީ 2 ލަނޑު 0 ލަނޑުންނެވެ. އެމްސީއެލްޕީއަށް ލަނޑުޖަހައިދިނީ ޖާރޒީ ނަންބަރ 12 ޢަލީ ރިޒާއާއި، ޖަރޒީ ނަންބަރ 6 މުޙައްމަދު އައިމަން ޝަކީބެވެ.
ގްރޫޕް އެޗްގައި ކުޅެވުނު މި މެޗްގެ މޭން އޮފް ދަ މެޗަކަށް ހޮވުނީ ކުލަބް އެމްސީއެލްޕީގެ ޖަރޒީ ނަންބަރ 12 ޢަލީ ރިޒާއެވެ. މޭން އޮފް ދަ މެޗްގެ އިނާމް ޙަވާލުކޮށްދެއްވީ މިނިސްޓަރ އޮފް ސިޓީސް، ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވާރކްސް އާދަމް ޝަރީފު ޢުމަރެވެ.
މުބާރާތުގައި އެމްސީއެލްޕީ ކުޅޭ 2 ވަނަ މެޗް އޮންނާނީ މި މަހުގެ 23 ވަނަ ދުވަހުގެ ރޭ 20.30 ގައެވެ. ބައްދަލުކުރާނީ ފެނަކައާއެވެ. ފުރަތަމަ މެޗްގައި ކުލަބް އެމްސީއެލްޕީގެ ސަޕޯޓަރުން ދެއްކި ފޯރި މުޅި މުބާރާތުގައި ވެސް ދައްކައި ދެވިއްޖެ ނަމަ މި މުބާރާތް ކާމިޔާބުކުރުމަކީ އެމްސީއެލްޕީއަށް އުނދަގޫ ކަމަކަށް ނުވާނެއެވެ.