18 އޭޕްރީލު 2025
މިނިސްޓަރ އޮފް ސިޓީސް، ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވާރކްސް އާދަމް ޝަރީފު ޢުމަރު ރަސްމީ ދަތުރުފުޅެއްގައި ރ. އަތޮޅު ހުޅުދުއްފާރަށް މިއަދު ވަޑައިގެންފިއެވެ.
މިނިސްޓަރ ހުޅުދުއްފާރަށް މިއަދު ވަޑައިގަތުމުން، ހުޅުދުއްފާރުން ވަނީ ވަރަށް ހޫނު މަރުޙަބާއެއް ކިޔައިފައެވެ. އެ މަނިކުފާނު ހުޅުދުއްފާރަށް ކުރެއްވި މި ދަތުރުފުޅުގައި މިރޭ އިރުއޮއްސޭއިރު ވަނީ ހުޅުދުއްފާރުގެ ކައުންސިލާއި، ޑަބްލިޔޫޑީސީގެ މެންބަރުންނާ ވެސް ބައްދަލުކުރައްވާފައެވެ.
މިނިސްޓަރ ހުޅުދުއްފާރަށް ކުރެއްވި މި ދަތުރުފުޅަކީ ހުޅުދުއްފާރުގައި ރަސްމީކޮށް މީހުން ދިރިއުޅެން ފެށިތާ 30 އަހަރު ފުރުން ފާހަގަކުރުމަށް އެ ރަށުގައި މިރޭ ބާއްވާ ރަސްމިއްޔާތު ޝަރަފުވެެރިކޮށްދެއްވުމަށް ކުރެއްވި ދަތުރުފުޅެކެވެ. މިނިސްޓަރ ވަނީ މިރޭ އެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ ވާހަކަފުޅުދައްކަވާފައެވެ.
އެ މަނިކުފާނުގެ މި ދަތުރުފުޅުގައި ބައެއް ސްޓޭޓް މިނިސްޓަރުންނާއި، ކުލަސްޓަރތައް ބެލެހެއްޓެވުމާއި ޙަވާލުވެ ތިއްބެވި މި މިނިސްޓްރީގެ ބައެއް ވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.