news photo

މިހާރު ސާފުކުރަމުން ދަނީ ޝަހީދު ޢަލީ ހިނގުމުގެ ކާނުތައް

20 އޭޕްރީލު 2025

މާލޭގެ މަގުތަކުގެ ކާނުތައް ސާފުކުރުމަށް, މިނިސްޓްރީ އޮފް ސިޓީސް، ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވާރކްސްއިން ކުރިއަށް ގެންދާ ބޮޑު ޙަރަކާތުގައި މިހާރު ސާފުކުރަމުން ދަނީ, ޝަހީދު ޢަލީ ހިނގުމުގެ ކާނުތައް ކަމަށް، އެ މަސައްކަތުގައި އިސްވެ ޙަރަކާތްތެރިވަމުން އަންނަ ސީނިއަރ ޕޮލިޓިކަލް ޑިރެކްޓަރ ޢަބްދުﷲ މުފީދު ވިދާޅުވެއްޖެއެވެ. 

މާލޭގެ ކާނުތައް ސާފުކުރުމުގެ މަސައްކަތަކީ މާލޭގައި ފެންބޮޑުވާ މައްސަލަ ޙައްލުކުރުމަށް ޢިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ އިރުޝާދުގެ މަތިން މިނިސްޓްރީ އޮފް ސިޓީސް، ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވާރކްސްއިން ކުރިއަށް ގެންދާ ޙަރަކާތެކެވެ. 

މި ޙަރަކާތުގެ ދަށުން މިހާރު ވަނީ މަޖީދީމަގާއި، ކަނބާ އައިސާރަނި ހިނގުމުގެ ކާނުތައް ސާފުކޮށް ނިމިފައެވެ. މިހާރު ސާފުކުރަމުންދާ ޝަހީދު ޢަލީ ހިނގުމުގެ ވެސް 50 އިންސައްތަ މަސައްކަތް ނިމިފައިވާ ކަމަށް މުފީދު ވިދާޅުވިއެވެ. 

މި އަހަރުގެ މާރިޗު މަހުގެ 8 ވަނަ ދުވަހުން ފެށިގެން ކުރިއަށް ގެންދާ، މި މަސައްކަތުގައި އެއްގަމު އުޅަނދު ދުއްވާ ފަރާތްތަކުންނާއި، ޖުމްލަކޮށް އާންމު ރައްޔިތުންގެ ފަރާތުން ދެއްވާ އެއްބާރުލެއްވުމަށް ޝުކުރު ދަންނަނަވަމެވެ.