news photo

މިނިސްޓަރ އާދަމް ޝަރީފް ޢުމަރު ރައްޔިތުންގެ މަޖިލީހުގެ ދިއްދޫ ދާއިރާގެ މެމްބަރ ޢަބްދުއްލަޠީފު އާއި ބައްދަލުކުރައްވައިފި

07 މޭ 2025

މިނިސްޓަރ އޮފް ސިޓީސް، ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވާރކްސް އާދަމް ޝަރީފު ޢުމަރު، ރައްޔިތުންގެ މަޖިލީހުގެ ހއ. ދިއްދޫ ދާއިރާގެ ޢިއްޒަތްތެރި މެންބަރު ޢަބްދުއްލަޠީފް މުޙައްމަދާ ބައްދަލުކުރައްވައިފިއެވެ.

ހއ. ދިއްދޫ ކައުންސިލްގެ ރައީސް ޢަބްދުﷲ ރަޝީދު ވެސް ބައިވެރިވެލެއްވި މި ބައްދަލުވުމުގައި ދިއްދޫގައި ޢިމާރާތްކުރުމަށް ހަމަޖެހިފައިވާ ކައުންސިލްގެ އައު ޢިމާރާތުގެ މަސައްކަތާއި، އެ ރަށު ޤަބުރުސްތާނު ވަށާފާރު ރޭނުމާ ބެހޭ ގޮތުން މަޝްވަރާ ކުރެވުނެވެ.

ރަށްރަށުގެ ކައުންސިލް އިދާރާތައް ޢިމާރާތްކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޚާއްޞަ އިސްކަމެއް ދެއްވައިގެން ކުރިއަށްގެންދާ މަޝްރޫޢެކެވެ.

މިނިސްޓަރގެ އަރިހުގައި މި ބައްދަލުވުމިގައި ހއ. އަތޮޅުގެ ކަންތައްތައް ބެލެހެއްޓެވުމާއި ޙަވާލުވެ ހުންނެވި ކުލަސްޓަރ އެގްޒެކެޓިވް އަދި ޑެޕިޔުޓީ މިނިސްޓަރ މުޙައްމަދު ޙަސަން ބައިވެރިވެލެއްވިއެވެ.