news photo

ބ. ކެންދޫ ކައުންސިލުގެ 8 ވަނަ ފުޓްބޯޅަ މުބާރާތުގެ ފައިނަލް މެޗް ޑެޕިޔުޓީ މިނިސްޓަރ ސިމާން ހާދީ ޝަރަފުވެރިކޮށްދެއްވައިފި

07 މޭ 2025

މާޅޮސްމަޑުލު ދެކުނުބުރީ ކެންދޫ ކައުންސިލުގެ 8 ވަނަ ފުޓްބޯޅަ މުބާރާތުގެ ފައިނަލް މެޗް ކުލަސްޓަރ 2 ބެލެހެއްޓެވުމާއި ޙަވާލުވެ ހުންނެވި މިނިސްޓްރީ އޮފް ސިޓީސް، ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވާރކްސްގެ ޑެޕިޔުޓީ މިނިސްޓަރ ސިމާން ހާދީ ޝަރަފުވެރިކޮށްދެއްވައިފިއެވެ. ސިމާންގެ އަރިހުގައި ބ. އަތޮޅުގެ ކަންކަން ބެލެހެއްޓެވުމާއި ޙަވާލުވެ ހުންނެވި ސީނިއަރ ޕޮލިޓިކަލް ޑިރެކްޓަރ މުޙައްމަދު ޝަމީމް ބައިވެރިވެލެއްވިއެވެ. 

4 ޓީމް ވާދަކުރި މި މުބާރާތް ފައްޓާފައި ވަނީ ނިމުނު އެޕްރީލް މަހުގެ 27 ވަނަ ދުވަހެވެ. ިއަދު ހަވީރު ކުޅުނު މުބާރާތުގެ ފައިނަލް މެޗްގައި ބައްދަލުކުރީ ވިނާސް ބޯއީސްއާއި، ގްލޯރިއަސް ވިކްޓަރީއެވެ. މެޗްގެ ވަގުތު ހަމަވި އިރު 1 ލަނޑު 1 ލަޑުން ދެ ޓީމް ހަމަހަމަވުމުގެ ސަބަބުން ނަތީޖާ ނެރުނީ ޕެނަލްޓީ ޖަހައިގެންނެވެ. ޕެނަލްޓީން ކުރި ހޯދައިގެން މުބާރާތުގެ ޗެމްޕިއަންކަން ހޯދީ ގްލޯރިއަސް ވިކްޓަރީއެވެ. މިއީ ގްލޯރިއަސް ވިކްޓަރީން ޗެންޕިއަންކަން ހޯދި 2 ވަނަ ފަހަރެވެ.

މުބާރާތުގެ ޗެމްޕިއަންޓީމަށް ތައްޓާއި، މެޑަލް ޙަވާލުކޮށްދެއްވީ ފައިނަލް މެޗްގެ ޝަރަފުވެރި މެހްމާން ސިމާން ހާދީއެވެ.