news photo

ލާމަރުކަޒީ ނިޒާމަށް މިއަދު ލިބިފައިވާ އެންމެ ބޮޑު ޙިމާޔަތަކީ އެލްޖީއޭގެ މުވައްޒަފުން ކަމަށް މިނިސްޓަރ ވިދާޅުވެއްޖެ

17 މޭ 2025

ލާމަރުކަޒީ ނިޒާމަށް މިއަދު ލިބިފައިވާ އެންމެ ބޮޑު ޙިމާޔަތަކީ އެލްޖީއޭގެ މުވައްޒަފުން ކަމަށް މިނިސްޓަރ އޮފް ސިޓީސް، ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވާރކްސް އަދި އެލްޖީއޭ ބޯޑުގެ ރައީސް އާދަމް ޝަރީފު ޢުމަރު ވިދާޅުވެއްޖެއެވެ. މިނިސްޓަރ މިހެންވިދާޅުވީ ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ 2023 ވަނަ އަހަރުގެ ސްޓާފް އެވޯޑު ދިނުމުގެ ހަފުލާ ޝަރަފުވެރި ކޮށްދެއްވާ މިރޭ ދެއްކެވި ވާހަކަފުޅުގައެވެ. 

އެލްޖީއޭގެ 2023 ވަނަ އަހަރުގެ ސްޓާފް އެވޯޑުދިނުމަށް މިރޭ މާގިރި ހޮޓެލްގައި ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަރ އާދަމް ޝަރީފު ޢުމަރު ވިދާޅުވީ، އެލްޖީއޭއަކީ އަޅުގަނޑުމެން ޙަޤީޤަތުގައި ވެސް ފަޚުރުވެރިވާން ޖެހޭ މުއައްސަސާއެއް ކަމަށެވެ. އަދި ކާމިޔާބާ ހިސާބަށް އާދެވުނީ އެ މުއައްސާސާގައި ލީޑަރޝިޕް ކޮލިޓީ ހުރި ވަރަށް ގިނަ ބޭފުޅުންތަކެއް މަސައްކަތްކުރައްވައިގެން ކަމަށް މިނިޓަރ ވިދާޅުވިއެވެ.

2023 ވަނަ އަހަރުގެ އެވޯޑް ޙާޞިލްކުރެއްވި މުވައްޒަފުންނަށް އެވޯޑު ޙަވާލުކޮށްދެއްވީ މިނިސްޓަރ އާދަމް ޝަރީފު ޢުމަރެވެ.