news photo

ޚިދުމަތެއް ކުރާއިރު ވަރަށް ކުދިކުދި ކަންތައްތަކަކީ ވެސް މަސައްކަތުގެ މާޙައުލަށް ހެޔޮ އަސަރުތަކެއް ކުރުވާ ކަމެއް: މިނިސްޓަރ އާދަމް ޝަރީފު ޢުމަރު

17 މޭ 2025

ޚިދުމަތެއް ކުރާއިރު ވަރަށް ކުދިކުދި ކަންތައްތަކަކީ ވެސް މަސައްކަތުގެ މާޙައުލަށް ހެޔޮ އަސަރުތަކެއް ކުރުވާ ކަމެއް ކަމަށް މިނިސްޓަރ އޮފް ސިޓީސް، ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވާރކްސް އާދަމް ޝަރީފު ޢުމަރު ވިދާޅުވެއްޖެއެވެ. މިނިސްޓަރ މިހެން ވިދާޅުވީ، އެލްޖީއޭގެ 2023ގެ ސްޓާފް އެވޯޑް ދިނުމަށް ރޭ މާގިރި ހޮޓެލުގައި ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކުރައްވާ ދެއްކެވި ވާހަކަފުޅުގައެވެ.

"ޚިދުމަތެއް ކުރާއިރު ވަރަށް ކުދިކުދި ކަންތައްތަކަކީ ވެސް އަނެކުންނަށް، އަނެކުންގެ ޙަޔާތަށް، އަނެކުންގެ ދިރިއުޅުމަށް ޚާއްޞަކޮށް މަސައްކަތުގެ މާޙައުލަށް ވަރަށް ބޮޑު އަސަރެއް ކުރުވާކަމެއް" މިނިޓަރ އާދަމް ޝަރީފު އުމަރު ވިދާޅުވިސެވެ.

މާގިރި ހޮޓެލްގައި ރޭ އޮތް އެލްޖީއޭގެ ސްޓާފް އެވޯޑް 2023ގައި މިނިސްޓަރ ދެއްކެވި ވާހަކަފުޅުގައި ވަނީ، މި ކަމާ ގުޅޭ ވަރަށް ޢިބުރަތްތެރި ވާހަކައެއް ވެސް ކިޔައިދެއްވާފައެވެ.