news photo

އެލްޖީއޭއިން ހަދާ ކައުންސިލްތަކުގެ އިންކުއަރީގެ ރިޕޯޓު ޢާންމުކުރާގޮތަށް ނިންމާފައިވާ ކަމުގައި މިނިސްޓަރ އާދަމް ޝަރީފު ޢުމަރު ވިދާޅުވެއްޖެ

07 ޖުލައި 2025

އެލްޖީއޭއިން ހަދާ ކައުންސިލްތަކުގެ އިންކުއަރީގެ ރިޕޯޓު އާންމުކުރާގޮތަށް ނިންމާފައިވާ ކަމުގައި މިނިސްޓަރ އޮފް ސިޓީސް، ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވަރކްސް އާދަމް ޝަރީފު ޢުމަރު ވިދާޅުވެއްޖެއެވެ.

މިނިސްޓަރ މިހެން ވިދާޅުވީ އެކްސްގައި މިއަދު ކުރެއްވި ޕޯސްޓެއްގައެވެ. މިނިސްޓަރ ވިދާޅުވެފައިވަނީ މި ބަދަލުގެ އެންމެ ބޮޑު ބޭނުމަކީ އެލްޖީއޭގެ ޓްރާންސްޕޭރެންސީ އިތުރުކުރުން ކަމަށެވެ. މީގެ އިތުރުން މި ނިންމުމުގެ ސަބަބުން ކައުންސިލުތައް ޖަވާބުދާރީވުމާއި ޒިންމާދާރުވުން އިތުރުވުމަށް މަގުފަހިވެގެންދާނެ ކަމަށެވެ. އަދި މި ކަމުގެ ސަބަބުން ގުޑް ގަވަރނެންސްގެ ހަމަތައް ދަމަހައްޓަން މަގުފަހިކޮށްދޭނެ ކަމަށް ވެސް މިނިސްޓަރގެ ޕޯސްޓުގައި ވިދާޅުވެފައިވެއެވެ.

ގުޑް ގަވަރނެންސް އަދި ޓްރާންސްޕޭރެންސީ ކަށަވަރުކޮށް ދެފުށް ފެންނަ، ކޮރަޕްޝަން ނައްތާލެވިފައިވާ، ހަރުދަނާ ނިޒާމެއްގެ ތެރެއިން ސަރުކާރު ހިންގުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަރަށް ޚާއްޞަ އިސްކަމެއް ދެއްވާ، އަދި އެހައިމެ ބޮޑަށް ބާރު އަޅުއްވާ ކަމެކެވެ.