news photo

ސްޓާފް ޑިވެލޮޕްމެންޓް ޓްރޭނިންގ ސެޝަނެއް ބާއްވައިފި

09 ޖުލައި 2025

މިނިސްޓްރީ އޮފް ސިޓީސް، ލޯކަލް ގަވަރމެންޓް އެންޑް ޕަބްލިކް ވަރކްސްގެ ސީނިއަރ މެނޭޖްމެންޓާއި، މިޑްލްމެނޭޖް މެންޓްގެ ބައެއް މުވައްޒަފުންނަށް ސްޓާފް ޑިވެލޮޕްމެންޓް ޓްރޭނިންގ ސެޝަނެއް ބާއްވައިފިއެވެ.

ސްޓެލްކޯ ޓްރޭނިންގ ރޫމުގައި މިއަދު ކުރިޔަށް ގެންދިޔަ މި ޓްރޭނިނގެ ސެޝަން ނަންގަވައިދެއްވީ، ޔުނައިޓެޑް ނޭޝަންސް ޑިވެލޮޕްމެންޓް ޕްރޮގްރާމް (ޔޫއެންޑީޕީ)ގެ މާލޭ އޮފީހުގެ މުވައްޒަފުންނެވެ. މި ސެޝަނުގައި ސަސްޓެއިނަބަލް ޑިވެލޮޕްމެންޓް ޕްރޮގްރާ ބެހޭ މަޢުލޫމާތު ފޯރުކޮށްދެއްވާފައި ވެއެވެ.

މި ސެޝަނުގައި ދެމެހެއްޓެނިވި ތަރައްޤީއާ، ތަރައްޤީގެ ލަނޑުދަނޑިތަކާއި، އެ ލަނޑުދަނޑިތަކާ މިނިސްޓްރީ ކުރަމުންދާ މަސައްކަތްތަކާތަކާ ހުރި ގުޅުމުގެ މައްޗަށް ވަރަށް ފުޅާ ދާއިރާއެއްގައި ގްރޫޕް މަޝްވަރާތައް ކުރިއަށް ގެންދެވިފައި ވެއެވެ. އަދި ދެމިހެއްްޓެނިވި ތަރައްޤީގެ މުހިންމުކަމާ މެދު ބައިވެރިންގެ މެދުގައި މަޝްވަރަތައް ކުރިއަށް ގެންދެވިފައި ވެއެވެ. 

ތިންގަޑިއެއްހައި އިރަށް ދިގުދެމިގެން ދިޔަ މިއަދުގެ މި ސެޝަނަކީ ވަރަށް ބޭނުންތަރި ސެޝަނެއް ކަމަށް  ސެޝަނުގައި ބައިވެރިވެލެއްވި މުވައްޒަފުން ފާހަގަކުރެއްވިއެވެ. މިއީ ޔޫއެންޑީޕީއާ ގުޅިގެން މިނިސްޓްރީ އޮފް ސިޓީސް، ލޯކަލް ގަވަރމެންޓް އެންޑް ޕަބްލިކް ވަރކްސްއިން މި އަހަރު ކުރިއަށް ގެންދިޔަ މި ފަދަ ދެ ވަނަ ސެޝަނެވެ.