news photo

ރ. މީދޫ ކައުންސިލުން މިނިސްޓަރާ ބައްދަލުކުރައްވައިފި

04 ޑިސެމްބަރު 2025

ރ. މީދޫގެ ކައުންސިލުން މިނިސްޓަރ އޮފް ސިޓީސް، ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވަރކްސް އާދަމް ޝަރީފް ޢުމަރާ މިއަދު ބައްދަލުކުރައްވައިފިއެވެ. 

މިނިސްޓްރީގެ ރަށްވެހި މާލަމުގައި ކުރިއަށް ދިޔަ ބައްދަލުވުމުގައި ކައުންސިލް މެންބަރުން ވަނީ އެ ރަށުގައި ސަރުކާރުން ހިންގަން ހަމަޖެހިފައިވާ ބައެއް މަޝްރޫއުތަކުގެ މަޢުލޫމާތާއި، ލާމަރުކަޒީ ޤާނޫނަށް ގެނައި އިޞްލާޙާ ގުޅޭ ބައެއް ކަންކަން މިނިސްޓަރގެ އަރިހުން އޮޅުންފިލުއްވާފައެވެ. 

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވަޢުދުފުޅާ އެއް ގޮތަށް މީދޫއަށް ފަޅުރަށެއްގެ ގޮތުގައި ހަމަޖައްސާފައިވާ ތާވަތުގެ އެންމެ ފަހުގެ އަދާހަމާ މިނިސްޓަރާ ކައުންސިލުން ހިއްސާކުރެއްވިއެވެ. 

މި ބައްދަލުވުމުގައި މިނިސްޓަރ ވަނީ ކައުންސިލަށް ބޭނުންވާ ކަންކަމުގައި މިނިސްޓްރީގެ ފުރިހަމަ އެއްބާރުލެއްވުން ދެއްވާނެ ކަމުގެ ޔަގީންކަން އަރުވާފައެވެ. އަދި ހަމައެއާއެކު ލާމަރުކަޒީ ޤާނޫނަށް ގެނައި އިޞްލާޙާއެކު އަންނާނެ ބައެއް ބަދަލުތަކުގެ މަޢުލޫމާތު ވެސް މިނިސްޓަރ ދެއްވިއެވެ. 

މި ބައްދަލުވުމުގައި މިނިސްޓްރީގެ ބައެއް ސްޓޭޓް މިނިސްޓަރުންގެ އިތުރުން ޑެޕިއުޓީ މިނސްޓަރުން ބައިވެރިވެވަޑައިގެންވިއެވެ.