news photo

ރ. މާކުރަތުގައި ޕަބްލިކް ވާރކްސް ޔުނިޓެއް ޤާއިމްކުރަން ރައީސް ނިންމަވައިފި

23 ޖެނުއަރީ 2025

ރައީސުލްޖުމްހޫރިއްޔާ މާކުރަތުގައި ޕަބްލިކް ވާރކްސް ޔުނިޓެއް ޤާއިމްކުރަން ނިންމެވިކަން އިޢުލާންކުރެއްވީ ވެހެމުން ދިޔަ ވާރޭގައި މިއަދު މެންދުރު ފަހު މާކުރަތަށް ވަޑައިގެން، މާކުރަތުގެ ރައްޔިތުންނާ ބައްދަލުކުރައްވަާ އެ މަނިކުފާނު ދެއްކެވި ވާހަކަފުޅުގައެވެ.

ރައީސް ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވަޒީރަކަށް ހުންނެވި އިރު، މާކުރަތުގައި ޕަބްލިކް ވާރކްސް ޔުނިޓެއް ޤާއިމްކުރުމަށް ނިންމެވި ނިންމެވުން އެމްޑީޕީ ސަރުކާރުން ހުއްޓުވި އިރު ވެސް، މާކުރަތުގައި ސައިޓް ޤާއިމްކުރުމަށް ބިން ކަނޑައެޅި، އެ ބިމުގައި ހުރި ރުއްގަހަށް ބަދަލުދެވިފައި ވާނެ ކަމަށް ޑިރެކްޓަރ ޖެނަރަލް މުޙައްމަދު ޢަފީފު ޙުސައިން ވިދާޅުވިއެވެ.

ރައީސްލްޖުމްހޫރިއްޔާ މާކުރަތުގައި ޤާއިމްކުރަން މިއަދު އިއުލާން ކުރެއްވި ސައިޓްގެ ޚިދުމަތް ވަރަށް އަވަހަށް އެ ރަށުގެ ރައްޔިތުންނަށް ލިބިގެންދާނެ ކަމަށް އުންމީދު ކުރެވެއެވެ.

މި  ސަރުކާރުގެ މެނިފެސްޓޯގައިވާ ކަންތައް މި ހިނގާ 2025 ވަނަ އަހަރު، ފެށިގެން ދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ކުރިންވެސް ވަނީ ވިދާޅުވެފައެވެ.