news photo

ދ. އުއްދޫ މާދަމާ ހުޅުވާލަނީ!

14 އޭޕްރީލު 2025

މާދަމާއިން ފެށިގެން ހަފުތާ ބަންދު ދުވަސްތަކާއި، ސަރުކާރު ބަންދު ދުވަސްތަކުގައި ދ. އަތޮޅުގެ ރައްޔިތުންނަށް ކުއްޔަކާ ނުލައި ދ. އުއްދޫއަށް ޕިކްްނިކް ދެވޭނެގޮތަށް ވަނީ ހަމަޖެހިފައިވާ ކަމަށް މިނިސްޓަރ އާދަމް ޝަރީފު ޢުމަރު ވިދާޅުވެއްޖެއެވެ. 

އެ މަނިކުފާނު މިހެން ވިދާޅުވީ މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ. އެ ޕޯސްޓްގައި މިނިސްޓަރ ވިދާޅުވި ފަދައިން ޕިކްނިކު ދަތުރާ ގުޅޭގޮތުން މުޢާމަލާތް ކުރާނެ ނަންބަރު މިހާރު ވަނީ މިނިސްޓްރީ އޮފް ސިޓީސް، ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވާރކްސްއިން އިޢުލާން ކުރައްވާފައެވެ. ޕިކްނިކު ދަތުރުގެ ކަންތަކާ ގުޅޭގޮތުން އިތުރު މަޢުލޫމާތު ހޯދުމަށް ގުޅާނީ 9108899 / 7777848 ނަންބަރަށެވެ. 

ނިލަންދެއަތޮޅު ދެކުނުބުރީ ރައްޔިތުން ދަތުރުދާ ރަށެއްގެ ގޮތުގައި އެ އަތޮޅު އުއްދޫ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހަމަޖައްސަވައި ދެއްވާ، އެ ރަށް ވަނީ މިނިސްޓްރީ އޮފް ސިޓީސް، ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވާރކްސްއާ ޙަވާލުކުރައްވާފައެވެ.  

ދ. އުއްދޫ ބޭލެހެއްޓުމަށް ޓަކައި މިނިސްޓްރީގެ ޓީމެއް އެ ރަށުގައި ޙަރަކާތްރިވަމުން އަންނަތާ ދުވަސްކޮޅެއް ވެއްޖެއެވެ. ދަތުރުދާ ފަރާތްތަކަށް ގިނަގުނަ ޚިދުމަތްތަކެއް އެ ރަށުން ހަމަޖެހޭނެ ގޮތް ހައްދަވައި ދެއްވުމަށް ޓަކައި އަންނަނީ މަސައްކަތްތަކެއް ކުރަމުންނެވެ.