13 އޭޕްރީލު 2025
މާލޭގެ މަގުތަކުގެ ކާނުތައް ސާފުކުރުމަށް, މިނިސްޓްރީ އޮފް ސިޓީސް، ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވާރކްސްއިން ކުރިއަށް ގެންދާ ބޮޑު ޙަރަކާތުގައި މިހާރު ސާފުކުރަމުން ދަނީ, ހަވީރީ ހިނގުމުގެ ކާނުތައް ކަމަށް، އެ މަސައްކަތުގައި އިސްވެ ޙަރަކާތްތެރިވަމުން އަންނަ ސީނިއަރ ޕޮލިޓިކަލް ޑިރެކްޓަރ ޢަބްދުﷲ މުފީދު ވިދާޅުވެއްޖެއެވެ.
މާލޭގެ ކާނުތައް ސާފުކުރުމުގެ މަސައްކަތަކީ މާލޭގައި ފެންބޮޑުވާ މައްސަލަ ޙައްލުކުރުމަށް ޢިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ އިރުޝާދުގެ މަތިން މިނިސްޓްރީ އޮފް ސިޓީސް، ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވާރކްސްއިން ކުރިއަށް ގެންދާ ޙަރަކާތެކެވެ.
ހުސްވި މާރިޗު މަހުގެ 8 ވަނަ ދުވަހު ފެށި, މި މަސައްކަތުގައި މިހާރު ވަނީ މަޖީދީ މަގުގެ ދެ ފަރާތުގެ ކާނުތަކާއި، ކަނބާ އައިސާރަނި ހިނގުމުގެ ދެ ފަރާތުގެ ކާނުތައް ސާފުކޮށް ނިމިފައެވެ.
މިހާރު ކުރިއަށްދާ ހަވީރީ ހިނގުމުގެ ދެ ފަރާތުގެ ކާނުތައް ވަނީ ސާފުނުކޮށް ގިނަދުވަސްތަކެއް ވުމުން ވަރަށް ބޮޑަށް ކިސަޑާއިވެލިން ފުރި ބާރުވެފައެވެ. ނަމަވެސް މަސައްކަތް މިހާރު ކުރިއަށްދާ ބާރުމިނަށް ބަލައި އިރު، މި ހަފުތާތެރޭ ހަވީރީ ހިނގުން ނިންމާލެވޭނެ ކަމަށް ސީނިއަރ ޕޮލިޓިކަލް ޑިރެކްޓަރ މުފީދު ވިދާޅުވިއެވެ. މިއީ މާލޭގެ ހުރިހައި މަގެއްގެ ކާނުތައް ސާފުކުރުމަށް ކުރިއަށް ގެންދާ ޙަރަކާތެކެވެ.