news photo

ޕަބްލިކް ވާރކްސް ޔުނިޓް ނެތް އަތޮޅުތަކުގައި ޕަބްލިކް ވާރކްސް ޔުނިޓް ޤާއިމްކުރަން ނިންމަވައިފި

23 ޖެނުއަރީ 2025

މިހާރު ޕަބްލިކް ވާރކްސް ޔުނިޓެއް ނެތް ކޮންމެ އަތޮޅެއްގައި ޕަބްލިކް ވާރކްސް ޔުނިޓެއް މި އަހަރު ތެރޭގައި ޤާއިމްކުރައްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެއްޖެއެވެ.

ރައީސް ޑޮކްޓަރ މުޙައްމަދު މުޢިއްޒު މިހެން ވިދާޅުވީ ރ. މާކުރަތު ރައްޔިތުންނާ ބައްދަލުކުރައްވާ މިއަދު ދެއްކެވި ވާހަކަފުޅުގައެވެ. މާކުރަތުގައި އެ މަނިކުފާނު ދެއްކެވި ވާހަކަފުޅުގައި  ރ. އަތޮޅުގައި ޤާއިމްކުރާ ސައިޓް ޤާއިމްކުރައްވާނީ މާކުރަތުގައި ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ މާކުރަތުގައި ދެއްކެވި ވާހަކަފުޅުގައި، ބޮޑު އިންވެސްޓެއްކޮށް ޕަބްލިކް ވާރކްސް ޔުނިޓް ޤާއިމްކުރަނީ ޢުމްރާނީ ގޮތުން ރަށްރަށަށް ގެނެވޭ ތަރައްޤީ ބެލެހެއްޓުމަށް އެތައް ޚަރަދެއް ސަލާމަތްކުރެވޭތީ ކަމަށް ވެސް ވިދާޅުވިއެވެ. 

ކޮންމެ އަތޮޅެއްގައި ޕަބްލިކް ވާރކްސް ޔުނިޓް ޤާއިމްކުރުމުގެ އިތުރުން، މޯބައިލް ދެ ޔުނިޓް މި އަހަރުތެރޭ ޤާއިމްކުރައްވާނެ ކަމަށް ވެސް ރައީސްލްޖުމްހޫރިއްޔާ މާކުރަތުގައި ދެއްކެވި ވާހަކަފުޅުގައި ވިދާޅުވިއެވެ.