news photo

މއ. ސްޕްރިންވިލާގައި ހިނގި އަލިފާނުގެ ޙާދިސާއާ ގުޅިގެން ބައެއް މަސައްކަތްފަށައިފި

23 ޖެނުއަރީ 2025

ރޭ ފަތިހު މއ. ސްޕްރިންްވިލާގައި ހުންނަ "ފްރުޓް ޓްރީ އެޕަލް" ފިހާރައިގެ ގުދަނުގައި ހިނގި އަލިފާނުގެ ޙާދިސާއާ ގުޅިގެން ރައްކާތެރި ކަމަށް ޓަކައި ކުރަންޖެހޭ ބައެއް މަސައްކަތް މި ވުޒާރާގެ ޕަބްލިކް ވާރކްސް ޔުނިޓްގެ މުވައްޒަފުން ފައްޓައިފިއެވެ.

މިއަދު މުވައްޒަފުން ފެށި މި މަސައްކަތުގައި ޙާދިސާއާ ގުޅިގެން ރޫޅަންޖެހޭ ތަންތަން ރޫޅައި، ތަޅަންޖެހޭ ތަންތަން ތެޅުމުގެ މަސައްކަތް ކުރާނެއެވެ.

މުއައްޒަފުން ސްޕްރިންވިލާގައި ކުރަމުންދާ މަސައްކަތާއި އަލިފާނުގެ ޙާދިސާގައި ލިބުނު ގެއްލުންތައް ބައްލަވައިލެއްވުމަށް ވަޒީރު އާދަމް ޝަރީފު ޢުމަރު  ޙާދިސާ ހިނގި ސަރަޙައްދަށް ވަނީ މިރޭ ވަޑައިގަންނަވައިފައެވެ.