news photo

ރިނބިދޫ ކައުންސިލް މެންބަރުންނާ ވަޒީރު އާދަމް ޝަރީފު ޢުމަރު ބައްދަލުކުރައްވައިފި

26 ޖެނުއަރީ 2025

ވަޒީރު އާދަމް ޝަރީފް ޢުމަރު ނިލެންދެ އަތޮޅު ދެކުނުބުރީ ރިނބިދޫ ކައުންސިލްގެ މެންބަރުންނާ ބައްދަލުކުރައްވައިފިއެވެ. މިއަދު ބޭއްވި މި ބައްދަލުވުމުގައި މަޝްވަރާ ކުރެވިފައި ވަނީ، ކޮންޓްރެކްޓަރ ފައިނޭންސް އުޞޫލުން ޢިމާރާތްކުރާ 55 ކައުންސިލްގެ ތެރޭގައި ހިމެނޭ ރިނބިދޫ ކައުންސިލް އިދާރާގެ އައު ޢިމާރާތުގެ މަޝްރުއޫގެ މަސައްކަތާ ގުޅޭ ގޮތުންނެވެ.

ރިނބިދޫ ކައުންސިލް އިދާރާގެ  އައު ޢިމާރާތުގެ މަޝްރުޢު ކުރިއަށް ގެންދިއުމަށް ހަމަޖެހިފައި ވަނީ މިހާރުވެސް ރިނބިދޫ ކައުންސިލް އިދާރާގެ  ޢިމާރާތް ހުރި ބިމުގައެވެ. 

މި ބައްދަލުވުމުގައި ރިނބިދޫ ކައުންސިލް މެންބަރުންގެ އިތުރުން ދ. އަތޮޅު ކައުންސިލްގެ ރައީސް ބައިވެރިވެވަޑައިގެންނެވިއެވެ.

ވުޒާރާގެ ފަރާތުން ވަޒީރު އާދަމް ޝަރީފު ޢުމަރުގެ އަރިހުގައި، ލޯކަލް ގަވަރމަންޓް ޔުނިޓް ބަލަހައްޓަވައި ސްޓޭޓް މިނިސްޓަރ މުޙައްމަދު މާހިރާއި، ދ. އަތޮޅު ކޯޑިނޭޓަރ، ސީނިއަރ ޕޮލިޓިކަލް ޑިރެކްޓަރ އަޙްމަދު ރާޝިދުގެ އިތުރުން ކްލަސްޓަރ ބެލެހެއްޓެވުމާއި  ޙަވާލުވެ ހުންނެވި  ޑެޕިއުޓީ މިނިސްޓަރ އިނާޒު ޢަލީ ބައިވެރިވެލެއްވިއެވެ.