news photo

ކައުންސިލްތަކަށް ދިމާވާ ކަންކަމުގައި އެންމެ ގާތުން މަސައްކަތްޕުޅުކޮށްދެއްވަނީ ސިޓީސް މިނިސްޓަރ އާދަމް ޝަރީފު ޢުމަރު: ފިއްލަދޫ ކައުންސިލްގެ ރައީސް

30 ޖެނުއަރީ 2025

ކައުންސިލްތަކަށް ދިމާވާ ކަންކަމުގައި ރައީސުލްޖުމްހޫރިއްޔާގެ އިރުޝާދާއި ލަފާފުޅުގެ ދަށުން އެންމެ ގާތުން މަސައްކަތްޕުޅުކޮށްދެއްވަނީ ސިޓިތަކާއި އިދާރީ ދާއިރާތައް ހިންގުމާއި، އާންމު މަސައްކަތްތަކާ ބެހޭ ވަޒީރު އާދަމް ޝަރީފު ޢުމަރު ކަމަށް ފިއްލަދޫ ކައުންސިލްގެ ރައީސް އަލްފާޟިލް ފަތުޙުﷲ ޙަސަން ވިދާޅުވެއްޖެއެވެ. 

ފިއްލަދޫ ކައުންސިލްގެ ރައީސް ފަތުޙުﷲ މިހެން ވިދާޅުވީ، ޢިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު މިހާރު ތިލަދުންމަތީ އުތުރުބުރިއަށް ކުރައްވަމުން ގެންދަވައި ދަތުރުފުޅުގައި ފިއްލަދޫއަށް ވަޑައިގެން، ފިއްލަދޫ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވި ރަސްމިއްޔާތުގައި މަރުޙަބާ ދެންނެވުމުގެ ގޮތުން ވާހަކަފުޅުދައްކަވަމުންނެވެ.  

”އަޅުގަނޑުމެންނާ ވަރަށް ގާތުން މިނިސްޓަރ މަސައްކަތްޕުޅުކުރައްވަ. އަޅުގަނޑުމެންނާ ވަރަށް ގުޅޭ، އަޅުގަނޑުމެންގެ ޙާލަތު ވަރަށް ރަނގަޅަށް ދެނެގެން މަސައްކަތްޕުޅު ކުރައްވަނީ" ފަތުޙުﷲ ޙަސަން ވިދާޅުވިއެވެ. 

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ފިއްލަދޫ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވި މި ބައްދަލުވުމުގައި، މަރުޙަބާ ދެންނެވުމުގެ ގޮތުން ފިއްލަދޫ ކައުންސިލްގެ ރައީސްދެއްކެވި ވާހަކަފުޅުގައި ކައުންސިލްތަކަށް ދިމާވާ ކަންކަމުގައި ރައީސުލްޖުމްހޫރިއްޔާގެ އިރުޝާދާ ލަފާފުޅުގެ މަތީން، ވަރަށް ގާތުން ވަޒީރު މަސައްޕުޅުކޮށްދެއްވަމުން އަންނަކަން ފާހަގަކުރައްވާ ވަޒީރު އާދަމް ޝަރީފު ޢުމަރަށް ޝުކުރުއަދާކުރެއްވިއެވެ.