news photo

މޯލްޑިވްސް އެކްސްޕޯ 2025 ކާމިޔާބުކަމާއެކު ކުރިއަށް ގެންދިޔުމަށް، ސިޓީސް މިނިސްޓްރީއަށް އަދާކޮށްދެވިދާނެ ދައުރު ބައްލަވައިފި

06 އޭޕްރީލު 2025

މޯލްޑިވްސް އެކްސްޕޯ 2025 ކާމިޔާބުކަމާއެކު ކުރިއަށް ގެންދިޔުމަށް، މިިނިސްޓްރީ އޮފް ސިޓީސް، ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވާރކްސްއަށް އަދާކޮށްދެވިދާނެ ދައުރު އޮޅުންފިލުވުމަށް ޓަކައި، ޚާއްޞަ ބައްދަލުވުމެއް ބާއްވައިފިއެވެ. 

މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑާއި، ބިޒްނަސް ސެންޓަރ ކޯޕަރޭޝަން (ބީ.ސީ.ސީ)ގެ އިސްވެރިންނާއެކު، މިނިސްޓްރީން މިއަދު ބޭއްވި މި ބައްދަލުވުމުގައި މޯލްޑިވްސް އެކްސްޕޯ 2025 އާ ބެހޭ މަޢުލޫމާތު ވަރަށް ތަފްޞީލުކޮށް އޮޅުފިލުވައި، މި އެކްސްޕޯ ކާމިޔާބުކަމާއެކު ކުރިއަށް ގެންދިޔުމަށް ސިޓީސް މިނިސްޓްރީއަށް އަދާކޮށްދެވިދާނެ ދައުރު ވަނީ ބައްލަވައިފައެވެ. 

މިނިސްޓަރ އޮފް ސިޓީސް، ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވާރކްސް އާދަމް ޝަރީފު ޢުމަރު، ރިޔާސަތު ބެލެހެއްޓެވި މި ބައްދަލުވުމުގައި މިނިސްޓްރީގެ ސީނިއަރ މެނޭޖްމަންޓްގެ ބޭފުޅުންނާއި، މިނިސްޓްރީގެ ގިނަ ޢަދަދެއްގެ މުވައްޒަފުން ބައިވެރިވެރިވެ ލެއްވިއެވެ. 

މޯލްޑިވްސް އެކްސްޕޯ 2025 ބޭއްވުމަށް ހަމަޖެހިފައި ވަނީ، އަންނަ މޭ މަހުގެ ފަހުކޮޅު ހުޅުމާލޭ ސެންޓްރަލް ޕާކުގައެވެ. މި އެކްސްޕޯގައި ބައިވެރިވާ ފަރާތްތަކަށް، އެ ފުރުޞަތު މިހާރުވެސް ވަނީ ހުޅުވާލެވިފައެވެ. މެދު ކެނޑުމަކަށް ފަހު ރާއްޖޭގައި ބޭއްވޭ މި އެކްސްޕޯއަކީ، ތަފާތު ދާއިރާތަކުގައި މަސައްކަތްކުރައްވާ ހުނަރު ދިވެހި ފަންނާނުންގެ މަސައްކަތްތައް މާކެޓްކުރުމަށް ވެސް ހުޅުވިގެންދާ ރަނުގެ ފުރުޞަތެކެވެ.