08 މޭ 2024
ވަޒީރު އާދަމް ޝަރީފް ޢުމަރު މާލެ އަތޮޅުގެ ރަށްތަކަށް ކުރައްވާ ދަތުރުފުޅުގައި ދިއްފުށި، ތުލުސްދޫ، ހުރާ އަދި ހިންމަފުއްޓަށް ވަޑައިގެންފިއެވެ. ވަޒީރު އާދަމް ޝަރީފް ޢުމަރު، މި 4 ރަށަށް ވަޑައިގެންނެވީ 2024 މެއި 7 ވީ އަންގާރަދުވަހެވެ.
މި ރަށްރަށުގެ ކައުންސިލުތަކާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީތަކަށް ކުރިމަތިވެފައިވާ ގޮންޖެހުންތައް ގާތުން ބައްލަވައި، އަޑުއައްސަވައި، އެޅުއްވިދާނެ ފިޔަވަޅުތަކާ މެދު މަޝްވަރާކުރުމުގެ މަޤުޞަދުގައި ކުރެއްވެވި މި ދަތުރުފުޅުގައި ދިއްފުށި، ތުލުސްދޫ، ހުރާ އަދި ހިންމަފުށި ކައުންސިލާ، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީއާ ބައްދަލުކުރައްވާ ވަނީ މަޝްވަރާކުރައްވާފައެވެ. މީގެ އިތުރުން ތުލުސްދޫއަށް ވަޑައިގަންނަވައި، މާލެ އަތޮޅު ކައުންސިލުގެ މެމްބަރުންނާ ބައްދަލުކުރައްވާ އެ ބޭފުޅުންގެ ހުރި ކަންބޮޑުވުންތަކުގެ އަޑު ވެސް އެއްސެވިއެވެ.
މި ދަތުރުފުޅުގައި ރައްޔިތުންގެ މަޖިލީހުގެ ތުލުސްދޫ ދާއިރާގެ މެމްބަރ އިބްރާހީމް ނަސީމާއި، މި ވުޒާރާގެ ބައެއް އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.