29 ނޮވެމްބަރު 2025
ކުރީގެ ޕަބްލިކް ވަރކްސް މިނިސްޓަރ އަލްފާޟިލް ޢަބްދުﷲ ކަމާލުއްދީން މިއަދު ހެނދުނު ފައްޓަވައިދެއްވި ހޭންޑް ބޯލް މުބާރާތުގެ ޗެންޕިއަންކަން ރެޑުން އަދި ފުޓްސަލްގެ ޗެންޕިއަންކަން ގުރީނުން ހޯދައިފިއެވެ.
ހޭންޑް ބޯލް ޗެންޕިއަންކަން ރެޑުން ހޯދީ ފައިނަލްގައި ގުރީންގެ މައްޗަށް 2-0 ލަނޑުން ކުރި ހޯދައިގެންނެވެ. ފުޓްސަލް ޗެންޕިއަންކަން ގުރީނުން ހޯދީ 2-0 އިން އޮރެންޖު ބަލިކޮށްފައެވެ.
މުބާރާތުގެ ފައިނަލް މެޗަށްފަހު ޗެންޕިއަން ޓީމަށާއި، ރަނަރއަޕް ޓީމަށް ތަށި ޙަވާލުކޮށްދެއްވީ މިނިސްޓަރ އާދަމް ޝަރީފު ޢުމަރެވެ. ފުޓްސަލް މުބާރާތާއި، ހޭންޑް ބޯލް މުބާރާތުގައި 4 ޓީމަކުން ވާދަކުރިއެވެ. އެއީ ރެޑް، އޮރެންޖު، ޕިންކު އަދި ގްރީނެވެ.
ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރަށާއި، މިނިސްޓްރީއަށް ދެ އަހަރުފުރުން ފާހަގަކުރުމަށް ކުރިއަށް ގެންދާ ޙަރަކާތުގެ ތެރޭގައި ހިމެނޭ ސްޓާފް އެވޯޑް ނައިޓް އަންނަ ޑިސެންބަރު މަހުގެ 3 ވަނަ ދުވަހުގެ ރޭ ޢިމާދުއްދީނު ސުކޫލުގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.