01 ޑިސެމްބަރު 2025
ކ. އަތޮޅު ކައުންސިލުން އިންތިޒާމުކޮށްގެން ކުރިއަށް ގެންދިޔަ ކާފު ފޯރަމް 2025 ނިމުމުގެ ރަސްމިއްޔާތު މިނިސްޓަރ އޮފް ސިޓީސް، ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވަރކްސް އާދަމް ޝަރީފު ޢުމަރު ޝަރަފުވެރިކޮށް ދެއްވައިފިއެވެ.
ކ. ތުލުސްދޫގައި 4 ދުވަހުގެ މުއްދަތަށް ކުރިއަށްދިޔަ ފޯރަމް، ނިންމާލުމުގެ ރަސްމިއްޔާތު ކުރިއަށް ދިޔައީ މިރޭ ކާފު އަތޮޅު ތައުލީމީ މަރުކަޒުގައެވެ.
ކާފު ފޯރަމް ގައި މިނިސްޓްރީ އޮފް އެގްރިކަލްޗަރ އެންޑް އެނިމަލް ވެލްފެއަރއާއި، މިނިސްޓްރީ އޮފް ހެލްތުގެ އިތުރުން ބިޒްނަސް ސެންޓަރ ކޯޕަރޭޝަންގެ ބޭފުޅުން ބައިވެރިވެވަޑައިގަންނެވިއެވެ.
މިއިން ކޮންމެ މުއައްސަސާއަކުން ވެސް ވަކި ސެޝަންތައް ބޭއްވުމުގެ އިތުރަށް ކައުންސިލްތަކާއެކު ޑިސްކަޝަން ސެޝަންތައް ކުރިއަށްގެންދިޔައެވެ. ވަކިން ޚާއްޞަކޮށް ލާމަރުކަޒީ ނިޒާމާ ގުޅޭ ގޮތުން ފުޅާދާއިރާއެއްގައި މި ފޯރަމުގައި މަޝްވަރާކުރެވިފައިވެއެވެ.